Advertisement
ކ. މާލެ
|
26 ޖޫން 2019 | ބުދަ 10:18
ރާއްޖެއަށް ދިން އުދުވާނީ ހަމާލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ
ރާއްޖެއަށް ދިން އުދުވާނީ ހަމާލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ
ޕޮލިސް
ލުތުފީ ރާއްޖެގެނައުން
ލުތުފީ ރާއްޖެ ގެނައުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވޭ: ފޮރިން މިނިސްޓްރީ
ގާނޫނީ އިމުގެ ތެރެއިން ލުތުފީ ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި
ބައިނަލްއަގްވާމީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް އެބަހުރި
ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމާމެދު ވަނީ ސުވާލު އުފެދިފައި

ރާއްޖެއަށް ދިން އުދުވާނީ ހަމާލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ 1 މެއިގައި ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލަ އިޚްތިޔާރުގައި ހާޟިރުވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި އައުމަށް އެދޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއިއެކު، ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ވަގުތުން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ލަންކާ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް މިކަން ގެނެސް، ގާނޫނީ އިމުގެ ތެރެއިން ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން، ލުތުފީ އަނބުރާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ލުތުފީގެ މައްޗަށް އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެފައިވުމުން، ބައިނަލްއަގްވާމީގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް އެބަހުރި ކަމަށާއި، ލަންކާގައި އޭނާ ދިރިއުޅެމުން ދިޔައީ ސައްހަ ވިސާއަކާ ނުލައި، ފިލައިގެންކަމުން، އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް އެގައުމުގެ ޙިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައިވުމުން، ލަންކާގެ ގާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ފާއިތުވި ސަރުކާރުން ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ރާއްޖެއާއި ލަންކާ ސަރުކާރާ ދެމެދު ވެފައި ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ވަނީ ސުވާލު އުފެދިފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ޙަވާލުވި ދުވަސްވަރަކީ އީސްޓަރ ބޮމިންގގެ ހިތާމަވެރި ހާދިސާއާ ދާދި އެއްދުވަސްވަރެއް ކަމަށް ވުމީ، މިކަމުގައި ދިމާވި އިތުރު ހުރަހެއްކަމަށެވެ. އަދި އާއްމު ފަރުދަކު އަމިއްލަ އިޚްތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި އާއްމުގޮތެއްގައި އަމަލުކުރާ އުޞޫލާއި ޚިލާފަށް، ލުތުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

ގޮންޖެހުންތައް ކުރިމަތިނުވި ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ލުތުފީ އަނބުރާ ގެނައުމުގެ މަސައްކަތް ފެށި، އޭނާ ބެލެހެއްޓުމުގެ ކަންކަން ފުލުހުންނާ ހަވާލުކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ އިޖުރާއަތްތައް ފުރިހަމަކޮށް، ލަންކާއާއި، ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން، ވީއެންމެ އަވަސް ފުރުސަތެއްގައި އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން އަންނަ ކަމަށެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ. ލުތުފީ އިސްކޮށް ހުރެ މިހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ބޭސްފަރުވާއަށް ފޮނުވުމުން އޭނާ ފިލިއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެސް އޭނާ ހޯދުމުގެ މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމް ކަމަށް ބަލަނީ 25 އަހަރު ކަމަށް ވާތީ ލުތުފީއާ އެކު މިރަހުމްކުޑަ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހުމަދު ނާސިރު ވަނީ ޖަލު ހުކުމުގެ މުއްދަތު ހަމަވެގެން މިނިވަން ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 ޖޫން 2019 | ބުދަ 17:33
ފަންކަ
ނިމިދިޔަ ސަރުކާރުން ވެސް އޭނާ ހޯދުމުގެ މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ ސަޅި އެއްނު ވާހަކަ
26 ޖޫން 2019 | ބުދަ 11:28
ކައްވަޅު އަލިބެ
އަތަށް ގޮވީމަ ބަހަނާ ދައްކާނެ ކަމެއްނެތް. އުމަރު ނަސީރު ތިޔަކަން ފަޅާނާރުވަނީ ތިކަމުގެ އިޝާރާތެއް ކުރިނަމަވެސް ލަދުން ސަލާމަތްވީސް.
26 ޖޫން 2019 | ބުދަ 11:27
އޮސްކާ
އެމްބަސީއިން ބޭރުކޮށްލީމާ، ލަންކާ ފުލުހުން އެނަ ޑީޕޯޓުކޮށްލާނެ. މައްސަލަ ހައްލުވީ
26 ޖޫން 2019 | ބުދަ 10:33
ޢަލީސް
ވިސާ ނެތް މައްސަލަގައި ޑީޕޯޓް ކޮށްލަން ލަންކާ ސަރުކާރުގައި އެދުނީމަ ނިމިނީ އެންނު.. ތި އުޅެނީ އޭނާ ހިމާޔަތް ހޯދަން ވަގުތު ދޭންވެގެން..