މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް 14 އަހަރު ފުރުން ފާހަގަކޮށް ދިދަ ނަގައިފިއެވެ.
މިދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ގައުމީ ދިދަ ނަންގަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އަދި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީ ހަރުގޭގައި ހެނދުނު 6:00 ގައި ބޭއްވި މިޚާއްސަ ރަސްމިއްޔާތުގެ އެމްޑީޕީގެ ގިނަ މެމްބަރުންނާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން ބައެއް އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މިރަސްމިއްޔާތުގެ ނިންމާލާފައިވަނީ ޚާއްސަ ސައިފޮދަކުންނެވެ.
އެމްޑީޕީއަށް 14 އަހަރު ފާހަގަކުރާއިރު، އެޕާޓީން ވަނީ ޑިމަކްރަސީ ރާއްޖެއަށް ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްފައެވެ. މީގެ އިތުރުން 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބާއި، 19 ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ. އަދި ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ވެސް އެމްޑީޕީއެވެ.
އެ ޕާޓީ ރަޖިސްޓްރީ ކުރީ 26 ޖޫން 2005 ގަ އެވެ.