Advertisement
ކ. މާލެ
|
26 ޖޫން 2019 | ބުދަ 13:16
އެމްއެންޔޫއެސްޔޫ - ހިރިޔާ ސްކޫލް ދަރިވަރުންނަށް ނަގައިދިން ސެޝަންގެ ތެރެއިން
އެމްއެންޔޫއެސްޔޫ - ހިރިޔާ ސްކޫލް ދަރިވަރުންނަށް ނަގައިދިން ސެޝަންގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ އިން ހިރިޔާ ސްކޫލުގެ ދަރިވަރުންނަށް ޙާއްސަ ސެޝަނެށް ބާއްވައިފި
އެމްއެންޔޫއެސްޔޫއަކީ އިޖްތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ ޖަމިއްޔާއެއް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އަށް ޔޫނިއަނުން ކަނޑައަޅާފައިވާ ގޮފި ސޮސައިޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (ޝެޓްސް)އާ ގުޅިގެން ހިރިޔާ ސްކޫލުގެ އެތިކްސް ކްލަބްގެ ދަރިވަރުންނަށް ޙާއްސަ ސެޝަނެއް ނަގައިދީފިއެވެ.

މި ސެޝަނުގައި އެތިކްސް ކުލަބުގެ ދަރިވަރުން ބައިވެރިވެފައި ވާއިރު، ހިރިޔާ ސުކުލޫގެ އެތިކްސް ކުލަބާ ހަވާލުވެ ތިބި ޓީޗަރުން ވަނީ މި ސެޝަނުގައި ބައިވެރިވެފައެވެ.

ހިރިޔާ ސްކޫލު ކުދިންނަށް މި ސެޝަން ނަގައިދިނީ ޝެޓްސްގެ ހިންގާ ކޮމެޓީގެ ދަރިވަރުންނެވެ.

ޝެޓްސްގެ ނައިބު ރައީސް ހައްވާ ޝިއުރާ ހުސެއިން މައުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތަކީ ހިރިޔާ ސްކޫލުގައި ކިޔަވަމުންދާ ކުދިންނަށް ފަތުރުވެރިކަމުގެ ދާއިރާއަކީ ކޮބައިކަމާއި، މި ދާއިރާއިން ހުރި ފުރުސަތުތަށް ކުދިންނަށް ކިޔައިދިނުމަށް ބޭއްވުނު ހަރަކާތެކެވެ. އަދި މި ދާއިރާ އިން އެމްއެންޔޫގައި ހުރި ފުރުސަތުތަކަކީ ކޮބައިކަން ހިރިޔާގެ ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.

Advertisement

މީގެ އިތުރުން ޝިއުރާ ފާހަގަކުރި ގޮތުގައި އެމްއެންޔޫ އާއި އެމްއެންޔޫއެސްޔޫއާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް މުސްތަގުބަލުގައި ހިންގުމަށް ރާވަމުންދާ ކަމަށެވެ.

އެމްއެންޔޫއެސްޔޫގެ ނައިބު ރައީސް އާދަމް ރުޝްދީ މައުލޫމާތު ދެއްވި ގޮތުގައި މިދިޔަ އަހަރު ބޭއްވުނު މި ސިލްސިލާގެ ފުރަތަމަ ހަރަކާތައް ވުރެ، މި އަހަރު ބޭއްވުނު ހަރަކާތް ފުރިހަމަ ކަމަށާއި، އުންމީދަކީ މިފަދަ ގިނަ ހަރަކާތްތަކެއް ޔޫނިއަންގެ ގޮފިތަކުން ބޭއްވުން ކަމަށެވެ.

އެމްއެންޔޫއެސްޔޫ އާއި ޔޫނިއަންގެ ގޮފިތަކަކީ އަބަދުވެސް މިފަދަ ހަރަކާތްތައް ހިންގާ ރާވަމުން އަންނަ ބައެކެވެ.

Advertisement

Advertisement
- ކޮމެންޓް