Advertisement
ކ. މާލެ
|
25 ޖޫން 2019 | އަންގާރަ 17:44
ހިޔާގައި ހުއްޓާ ގެއްލުނު ކުއްޖާގެ މައްސަލައިގެ މަޢުލޫމާތު ޖެންޑަރ މިނިސްޓަރ ވަޒީރުންގެ މަޖިލީހާ ޙިއްޞާ ކުރެއްވި
ހިޔާގައި ހުއްޓާ ގެއްލުނު ކުއްޖާގެ މައްސަލައިގެ މަޢުލޫމާތު ޖެންޑަރ މިނިސްޓަރ ވަޒީރުންގެ މަޖިލީހާ ޙިއްޞާ ކުރެއްވި
ރައީސް އޮފީސް
ގެއްލުނު ކުއްޖާ
ހިޔާގައި ހުއްޓާ ގެއްލުނު ކުއްޖާގެ މައްސަލައިގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ ޙިއްޞާ ކުރައްވައިފި
ޝައިމް ޢަބްދުﷲ ގެއްލިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު
ޝައިމްގެ މައްސަލަ 2009 ވަނަ އަހަރު ވެސް ޖެންޑަރ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވޭ
2015 ވަނަ އަހަރު ވެސް ޝައިމް ކުޑަކުދިންގެ ހިޔާގައި މަރުކަޒު ކުރެވިފައިވޭ

ކުޑަކުދިންގެ ހިޔާގެ ބެލުމުގެދަށުގައި ހުރި އުމުރުން 14 އަހަރުގެ، ދަފްތަރު ނަމްބަރު 2997، ޝައިމް ޢަބްދުﷲ ގެއްލުނު މައްސަލައިގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޙިއްޞާކުރައްވައިފިއެވެ

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވަނީ ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި ހުއްޓާ، މި މަހުގެ 18 ވަނަ ދުވަހު ގެއްލުނު ޝައިމް ޢަބްދުﷲ އާއި ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިމްގެ މައްސަލަ 2009 ވަނަ އަހަރު ވެސް ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ވެއެވެ. އޭގެ ފަހުން އެކި އަހަރުތަކުގައި ވެސް ޝައިމްގެ އާއިލާގެ ފަރާތުން އިހުމާލުވުމުގެ މައްސަލަތަކެއް ޖެންޑަރ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. އަދި މީގެ ކުރިން 2015 ވަނަ އަހަރު ވެސް ޝައިމް ކުޑަކުދިންގެ ހިޔާގައި މަރުކަޒު ކުރެވިފައިވާއިރު، އޭރު ރީ- އިންޓަގްރޭޝަން ޕްރޮސަސްގެ ތެރެއިން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

އުމުރުން 14 އަހަރުގެ ޝައިމް ގެއްލުމުގައި، ސަރުކާރުގެ އިދާރާއެއްގެ އިހްމާލުވޭތޯ ސާފުކުރުމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ކަމާ ގުޅުން ހުރި އިދާރާތަކުން މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލިހުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް