Advertisement
ކ. މާލެ
|
25 ޖޫން 2019 | އަންގާރަ 13:34
ރައީސް މުހައްމަދު ނަޝީދު އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާ ސަލާމް ކުރައްވަނީ
ރައީސް މުހައްމަދު ނަޝީދު އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާ ސަލާމް ކުރައްވަނީ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް 2019
ރައްޔިތުންގެ މަޖިލީހުގެ ރައީސް އުއްތަަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުން މަޖިލިސް ކުރާ ގޭގައި
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ދަނީ ގިނަ މަސައްކަތްތަށް ކުރަމުން
މަޖިލީހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ވަނީ ބަހުސްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުން މަޖިލިސް ކުރާ ގޭގައެވެ.

Advertisement

ރައީސް ނަޝީދު އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވާފައިވާއިރު، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ދަނީ ގިނަ މަސައްކަތްތަށް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ރައީސް މުހައްމަދު ނަޝީދު އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާ ބައްދަލުކުރައްވަނީ

ސުޕްރީމް ކޯޓުގެ ފަހު ބަސް ހޯދުމަކާ ނުލައި ފަނޑިޔާރުން ވަކި ކުރަން ނިންމަން ރައްޔިތުންގެ މަޖިލީހުގައި ވަނީ ބަހުސްކޮށްފައެވެ. ރައްޔިތުންގެ މަޖިލިސްގައި ބަހުސްކޮށްފައި ވަނީ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ފޮނުވާފައިވާ މައްސަލައަށެވެ. މި މައްސަލައަށް މަޖިލީހުގެ ވޯޓިން ގަނޑީގައި ގޮތެއް ނިންމާނެއެވެ.

މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލިސްގެ ތަޅުމުގައި ބަހުސް ކުރެވުނު ފުރަތަމަ ފަހަރުއެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި، އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ ބަދުއަހްލާގީ މައްސަލައެއްގައެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީ އަށް ހުށަހެޅިފައިވާ އިރު އެ މައްސަލަތައް ޖޭއެސްސީ މިހާރު ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ވެސް ހިމެނެއެވެ.

Advertisement

Advertisement
- ކޮމެންޓް