Advertisement
ކ. މާލެ
|
25 ޖޫން 2019 | އަންގާރަ 07:02
ފ.އަތޮޅު ކައުންސިލްގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު، ރައީސް ސޯލިހް އެ ބޭފުޅުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން
ފ.އަތޮޅު ކައުންސިލްގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު، ރައީސް ސޯލިހް އެ ބޭފުޅުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން
ރައީސް އޮފީސް
ރައީސް ސޯލިހު ކައުންސިލްތަކާ ބައްދަލުކުރެއްވުން
ރައްޔިތުންގެ ކަންބޮޑުވުންތައް ފ.އަތޮޅު ކައުންސިލުން ރައީސް ސޯލިހްއާ ހިއްސާކުރައްވައިފި
ހުއްޓިފައިވާ ފެރީ ނިޒާމުގެ މައްސަލަ ހިއްސާކުރެއްވި
އެ އަތޮޅުގައި ފެރީ ނިޒާމެއް ނެތުމުން ހުރި އުނދަގޫތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި
މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރެއްވި

ފ.އަތޮޅުގައި ދިރިއުޅޭ ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަން ހިއްސާކުރެއްވުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ފ. އަތޮޅަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރެއިން އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ އަތޮޅުގެ ފެރީގެ ނިޒާމު ހުއްޓިފައި އޮތުމާއި، އެއާޕޯޓެއް ނެތުމުގެ މައްސަލަ އެވެ.

Advertisement

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފ. އަތޮޅު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާއި ޙިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ހުށަހެޅުއްވި ކަންކަމަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާ އަދި އަތޮޅު ކައުންސިލްތަކާ ބައްދަލުކުރައްވައި، ރަށްރަށަށް ދިމާވެފަ

Advertisement

Advertisement
- ކޮމެންޓް