Advertisement
ކ. މާލެ
|
24 ޖޫން 2019 | ހޯމަ 21:23
ޖޭއެސްސީގެ މެމްބަރުން ތަކެއް
ޖޭއެސްސީގެ މެމްބަރުން ތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ޖޭއެސްސީ
އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ
ބަލަމުން ދަނީ ކްރިމިނަލް ކޯޓު އަދި ހައި ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ތަކެއް
ތަހުގީގު ކުރަނީ ތިން ބޭފުޅުންގެ މައްޗަށް ހިމެނޭ ކޮމިޓީއަކުން
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން ބަމަލީ ފަނޑިޔާރު ނަޖީބާއި ފަނޑިޔާރު ޝުޖާއުގެ މައްސަލަ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރެއްގެ މައްސަލަތަކެއް ހުށައެޅި އެ މައްސަލަތައް ބަލަމުންދާ ކަމަށް ފަނޑިޔާރުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ހޯމަ ދުވަހު ޖޭއެސްސީން ބޭއްވި ޕްރެސްކޮންފަރެންސް ގައި އެ ކޮމިޝަނުން ބުނީ، އެ ދެ ފަނޑިޔާރުންނާއި ގުޅިގެން ގިނަ ޝަކުވާތަކެއް ހުށައެޅިފައިވާތީ އެކަމުގައި ސުލޫކީ މައްސަލައެއް ހިމެނޭތޯ ބަލަމުންދާ ކަމަށެވެ.

އެ މައްސަލަ ބަލަމުން ދަނީ ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. ނަމަވެސް އެ ފަނޑިޔާރުންގެ ނަންތަކެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުން އެ ކޮމިޝަނުން މައްސަލަ ބަލަމުންދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކީ ހަސަން ނަޖީބުއެވެ. އަދި ހައިކޯޓުގެ ފަނޑިޔާރަކީ ޝުޖާއު އުސްމާނުއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު އެމަނިކުފާނަށް ތާއިދު ހޯއްދެވުމަށް ފަނޑިޔާރު ޝުޖާއު އުސްމާން ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

ދެ ފަނޑީޔާރެއްގެ މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީން ބަލަމުންދާއިރު، ކ. އަތޮޅު ޖުޑީޝަލް ސަރވިސްގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހްމަދު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ.ރ. މަކުރާތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސައިންގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީ އަށް ވަނީ ހުށައަޅާފައެވެ.

Advertisement

Advertisement
- ކޮމެންޓް