Advertisement
ކ. މާލެ
|
24 ޖޫން 2019 | ހޯމަ 18:40
މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް އީޕީއޭ ހާޒިރުކުރުން
މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް އީޕީއޭ ހާޒިރުކުރުން
މަޖިލިސް
މަޖިލިސް ކޮމިޓީ
ރައީސް ޔާމީންގެ ސަރުކާރުގައި އީޕީއޭއަށް ނުފޫޒު އޮވޭ: އީޕީއޭ
އީޕީއޭގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަމުންދިޔައީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ވިދާޅުވި
ނޫފޫޒަކަށް ލެނބި މިދިޔަ ފަސްއަހަރު ތެރޭ އީޕީއޭއިން އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމަށް ވިދާޅުވި
ބައެއް އުސޫލުތަކަށް ބަދަލު ގެނެސް އީޕީއޭއަށް މިނިވަންކަންމަތީ މަސައްކަތް ކުރެވޭނެ ފުރުސަތު ދޭން ޖެހޭކަމަށް ވިދާޅުވި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ މަސައްކަތްތަކަށް ނުފޫޒު އޮންނަ ކަމަށް އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވެއްޖެއެވެ.

ގިނަ އަދަދަކަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމުގެ މައްސަލަ ބޮޑު އެކަމުގެ ޝަކުވާ އާންމުން ކުރަމުން ކުރަމުން ގެންދިއުމާއި އަދި އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރަމުން ދާތީ އެކަން ހިނގާ ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް އީޕީއޭ ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނައީމް ވިދާޅުވީ މިދިޔަ ފަސް އަހަރު އީޕީއޭ އަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި ނުފޫޒު ފޯރުވަން އުނދަގޫވާ ފަހަރު ތަކުގައި މިނިސްޓްރީ މެދުވެރިކޮށް އެކަމަށް ގޮތް ނިންމާފައިވާ ކަމަށެވެ.

Advertisement

ނަމަވެސް އީޕީއޭގެ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރަމުންދިޔައީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ނައީމް ވިދާޅުވިއެވެ.

ދަތިހާލުގައި މަސައްކަތް ކުރަމުން ދިޔައިރު ވެސް ނޫފޫޒަކަށް ލެނބި މިދިޔަ ފަސްއަހަރު ތެރޭ އީޕީއޭއިން އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމަށް ނައީމް ވިދާޅުވިއެވެ.

"އީޕީއޭއިން އެކަމެއް އެގޮތަށް ނިންމަން ނުފެންނަންޏާ އެވާހަކަ ބުނާނެ. ލިޔުމުން ވެސް ބުނާނެ. އެބުނުމަށް ފަހު ދެން އީޕީއޭ ގެ މައްޗަށް އަދި ބާރު ފޯރުވޭނެ ފަރާތްތަކެއް ތިބޭތީވެ އެފަރާތްތަކުން އެބަދަލު ގެނެސްގެން ކުރާ މަސައްކަތް ތަކަކާއި ނޫނީ އީޕީއޭއިން ކުރާ މަސައްކަތެއް މައްޗަށް އުފުއްލަވައިގެން ކުރާ ކުރުމާއި އެހެން މިނިސްޓްރީއަކަށް އެބައި ގެންގޮސްގެން ކުރާ ކުރުމާއި އަޅުގަނޑުމެންނަށް ބާރު ނުފޯރުވި އޮތީމާ މިއަދު މިހާލަތުގައި މިއޮތީ" ނައީމް ވިދާޅުވިއެވެ.

އީޕީއޭއިން ވަކި ޕްރޮޖެކްޓެއް ރިޖެކްޓް ކުރި ނަމަވެސް ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގެ ކުރިއަށް ދިއުމުގެ ބާރު މިހާރު ވެސް އޮންނަ ކަމަށާއި އެއީ މައްސަލައެއް ކަމަށް ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ މިހާރު އަމަލުކުރާ ބައެއް އުސޫލުތަކަށް ބަދަލު ގެނެސް އީޕީއޭއަށް މިނިވަންކަންމަތީ މަސައްކަތް ކުރެވޭނެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް