Advertisement
ކ. މާލެ
|
24 ޖޫން 2019 | ހޯމަ 18:09
ދަސްވެނިވެފައިވާ ދަރިވަރުން ތަކެއް
ދަސްވެނިވެފައިވާ ދަރިވަރުން ތަކެއް
ރާއްޖެއެމްވީ
ސްޓޫޑެންޓް ލޯނު
ސްޓޫޑެންޓް ލޯނަށް މިފަހަރުވެސް 900 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި
900 އަށް ވުރެ ގިނަ ދަރިވަރުން ލޯނަށް އެދިފައިވޭ
ލޯނަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވެފައި ވަނީ ހޯމަ ދުވަހުގެ މެންދުރު 1:30 އަށް
ފުރަތަމަ ފަހަރު ލޯނު ކަށަވަރު ވެފައިވަނީ 79 ދަރިވަރުންނަށް

ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް ދެ ވަނަ ފަހަރަކަށް ހުޅުވާލުމުން ވެސް 900 އަށް ވުރެ ގިނަ ދަރިވަރުން ފޯމުހުށައަޅާފައިވާ ކަމަށް ހަޔައެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔަރއެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހު އާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ލޯނަށް ހުށަހެޅުމުގެ މުއްދަތު ހޯމަ ދުވަހުގެ މެންދުރު 1:30 އަށް ހަމަވި އިރު، 900 އަށް ވުރެ ގިނަ ދަރިވަރުން ލޯނަށް އެދި ހުށަހަޅައިފައިވެއެވެ. އަދި އެ ދަރިވަރުންނަށް ވީހާ ވެސް އަވަހަކަށް ލޯނު ދިނުމުގެ ކަންތައް ހަމަޖައްސަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ލޯނުގެ 242 ޖާގަ އަށް ފުރުސަތު ހުޅުވާލީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެފަހަރު ވެސް 900 އަށްވުރެން ގިނަ ދަރިވަރުން ލޯނަށް އެދި ހުށައަޅާފައި ވެއެވެ. މި ދަރިވަރުންގެ ތެރެއިން ލޯނު ކަށަވަރުވެފައިވަނީ 79 ދަރިވަރުންނަށެވެ. އެހެން ދަރިވަރުންގެ ފޯމްތައް ތަފާތު ސަބަބުތަކާއި ހުރެ ޑިސްކޮލިފައި ވެފައި ވެއެވެ.

މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންތަކެއް

ކުރިން ލޯނުގެ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ދަރިވަރުންނަށް ކިޔަވަން ދެވެނީ ސަރުކާރުން ކަނޑައަޅާ ގައުމުތަކަށެވެ. ނަމަވެސް އުސޫލަށް ގެނައި ބަދަލާއި އެކު މިހާރު އެކުއްޖަކު ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު އޮތް އިރު ކޮންމެ ގައުމަކަށް ދިޔަ ނަމަވެސް ހިނގާ ޚަރަދު ބޮޑު ވިނަމަވެސް އެ އިތުރުވާ އަދަދު އެކުއްޖަކު އަމިއްލައަށް ޚަރަދު ކުރާ ގޮތަށް ލޯނުގެ އުސޫލަށް ބަދަލު ގެނެސްފައި ވެއެވެ. .

ލޯނުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލީ މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށާއި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށެވެ. އެގޮތުން 163 ޖާގައިގެ ތެރެއިން 84 ޖާގަ ހާއްސަކޮށްފައި ވަނީ ކިޔަވަން ފަށާފައިވާ ދަރިވަރުންނަށެވެ. ކިޔަވަމުން އަންނަ ދަރިވަރުންނަށް ލޯނު ދޫކުރާނީ ބާކީ އޮތް 79 ޖާގައިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް