Advertisement
ކ. މާލެ
|
24 ޖޫން 2019 | ހޯމަ 16:10
ގެއްލުވާލާފައިވާ ރިލްވާން އޭނަގެ މަންމައާއެކު
ގެއްލުވާލާފައިވާ ރިލްވާން އޭނަގެ މަންމައާއެކު
ރާއްޖެއެމްވީ
ރިލްވާން ގެއްލުވާލި މައްސަލަ
ރިލްވާންގެ މައްސަލާގައި ފުލުހުންވެފައިވާ އިހުމާލު ބެލުމަށް މަޖިލީހުން ފާސްކޮށްފި
އެމައްސަލަ ބަލަންޖެހޭ ކަމަށް ނިންމީ 67 މެމްބަރުންގެ އިއްތިފާގުން
ރިލްވާން ވަގަށް ނަގާފައި ވަނީ 8 އޮގަސްޓް 2014 ގައި

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންވެފައިވާ އިހުމާލު ބެލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި އެމައްސަލަ ބަލަންޖެހޭ ކަމަށް ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހާއެކު ކޮމިޓީ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެގޮތަށް ފާސްކުރީ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓަށް ހުށަހެޅި އިސްލާހެއްގެ ގޮތުގައެވެ. އަދި މިއިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. ތާއީދު ކުރެއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ.

Advertisement

މިއިސްލާހަށް ބަހުސް ކުރައްވަމުން މެމްބަރު ހިސާން ވިދާޅުވީ ރިލްވާނަށް އިންސާފު ނުލިބި އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، މިކަމުގައި އިހުމާލުވި އެންމެންގެ މައްސަލަ ބަލަންޖެހޭ ކަމަށެވެ. ރިލްވާންއަށް އިންސާފު ހޯދައިދިނުމަށް އޭނާގެ އާއިލާއިން ނުދާ މުއައްސަސާއެއް ނެތް ކަމަށާއި، މަޖިލީހުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގާފައި ވަނީ 8 އޮގަސްޓް 2014 ގައެވެ. އޭގެ ފަހުން މިހާތަނަށް ވެސް ފުލުހުންނަށް ރިލްވާނަށްވީ ގޮތެއް ބުނެދެވިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް