Advertisement
ކ. މާލެ
|
24 ޖޫން 2019 | ހޯމަ 13:25
ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ޖިންސީ ގޯނާގެ މައްސަލަ
ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 46 އަހަރުގެ ލީޑިން ޓީޗަރެއް
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުން

ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށްފިއެވެ.

ޖެންޑާރ މިނިސްޓްރީން ބުނީ ޓީޗަރަކު ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ރިޕޯޓު ލިބުމާއެކު މިނިސްޓްރީން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ކުރިއަށްދާއިރު ވަރަށް ގާތުން މައްސަލަ ބަލަމުން ގެންދާނެ ކަމަށް ޖެންޑާރ މިނިސްޓްރީން ބުންޏެވެ. ނަމަވެސް އަތޮޅު އަދި ރަށުގެ ނަމެއްވެސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ، މިމަހުގެ 22 ވަނަ ދުވަހު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، މައްސަލާގައި ސުކޫލެއްގެ 46 އަހަރުގެ ދިވެހި ފިރިހެން ލީޑީން ޓީޗަރެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ އޭނާގެ މައްޗަށް ސުކޫލުގެ އަންހެން އަދި ފިރިހެން ކުދިންތަކަކާއެކު އެކި ދުވަސް މަތިން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއްނުކުރެއެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް