ކ. މާލެ
|
24 ޖޫން 2019 | ހޯމަ 13:31
މިނިސްޓަރު އަމީރު ވާހަކަ ފުޅު ދައްކަވަނީ
މިނިސްޓަރު އަމީރު ވާހަކަ ފުޅު ދައްކަވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ފިނޭންސް މިނިސްޓްރީ
ފިނޭންސުން ހަ ޕޯޓަލެއް ލޯންޗު ކޮށްފި
ފިނޭންސް މިނިސްޓްރީން އާންމުންނަށް ދޭން ޖެހޭ ފައިސާގެ ޕޭމެންޓް ތައްޔާރު ވުމުން ފޯނަށް މެސެޖެއް ރައްދު ކުރާނެ
ދައުލަތުން މުސާރަ ދޭ މުވައްޒަފުންގެ ތަފްސީލް އެއްތަނަކުން ފެނިގެންދާނެ
އަބަދުވެސް އަމާޒަކީ މިނިސްޓްރީގެ ޚިދުމަތްތައް އާންމުންނާއި ހިސާބަށް ފަސޭހަކޮށް ފޯރުކޮށްދިނުން

ފިނޭންސް މިނިސްޓްރީގެ ޚިދުމަތްތައް ޒަމާނީކޮށް، އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެގޮތުން އެ މިނިސްޓްރީން، ހަ ޕޯޓަލެއް ލޯންޗް ކޮށްފިއެވެ.

ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީގައި ވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތުގައި ޕޯޓަލްތައް ލޯންޗު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އަބަދުވެސް އަމާޒަކީ މިނިސްޓްރީގެ ޚިދުމަތްތައް އާންމުންނާއި ހިސާބަށް ފަސޭހަކޮށް ފޯރުކޮށްދިނުންކަމަށެވެ. އަދި އެކަމުގައި ކުރިއެރުންތަކެއްވެސް ހޯދިފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަޅުގަނޑުމެން އަބަދުވެސް ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އެންމެ ޒަމާނީކޮށް އެންމެ ފަސޭހަކޮށް ދެމުންގެންދެވޭތޯ އަޅުގަނޑުމެން ބަލަނީ. މިގޮތުން މިއަދު މި ތަޢާރަފްކުރާ 6 ޚިދުމަތުގެ ސަބަބަން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ. މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ބަލާލެވެނޭ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް

ފިނޭންސް މިނިސްޓްރީން އެކިއެކި ކަންކަމުގައި އާންމުންނަށް ދޭން ޖެހޭ ފައިސާގެ ޕޭމެންޓް ތައްޔާރު ކުރާ ހިސާބުން ފެށިގެން، ފޯނަށް މެސެޖެއް ނުވަތަ އީމެއިލްގެ ޒަރިއްޔާ އިން މައުލޫމާތު ފޯރުކޮށްދޭ ޕޯޓަލަކާއި ދައުލަތުން މުސާރަ ދޭ މުވައްޒަފުންގެ ތަފްސީލް އެއްތަނަކުން ފެނިގެންދާނެ އޮންލައިން ދަފްތަރެއް މި ހިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެއިތުރުން، ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް އެކި ކަންކަމުގައި ރިކުއެސްޓްކުރެވޭ ދަފްތަރަކާއި، ދައުލަތުގެ ބަޖެޓް އޮންލައިންކޮށް ބެލޭނެ ފަދަ ޚިދުމަތަކާއި، ދައުލަތުގެ ޕިއެސްއައިޕީ ޕްރޮޖެކްޓުތަކުގެ މަޢުލޫމާތު މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް އޮފީސްތަކަށް ފިނޭންސް މިނިސްޓްރީއަށް އެކި ރިކުއެސްޓްތައް ކުރެވޭނެ ފުރުސަތު ލިބޭނެ ފަދަ ިއިންތިޒާމެއްގެ އިތުރުން، ދައުލަތުގެ ޕިއެސްއައިޕީ ޕްރޮޖެކްޓުތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެގޮތް ވެސް މި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އެހެން މުއައްސަސާތަކާ ދެމެދު ފައިސާގެ މުއާމަލާތްތައް ކުރުމަށް "ބަނޑޭރި ޕޯޓަލް"ގެ ނަމުގައި އިލެކްޓްރޯނިކް ނިޒާމެއް އުފައްދައިފައިވަނީ 2018 ވަނަ އަހަރުގައެވެ.

- ކޮމެންޓް