Advertisement
ކ. މާލެ
|
24 ޖޫން 2019 | ހޯމަ 08:00
ފުލުހުން ގެއެއް ބަލައި ފާސްކުރުމަށްފަހު ނިކުންނަނީ
ފުލުހުން ގެއެއް ބަލައި ފާސްކުރުމަށްފަހު ނިކުންނަނީ
މުހައްމަދު ޝަރުހާން
ގެއްލިގެން ހޯދަމުންދާ ޝައިމް
ގެއްލުނު ކުއްޖާ ހޯދަން ތިން ގެއެއް ބަލައި ފާސްކުރިން: ފުލުހުން
ގެއްލިގެން ހޯދަމުންދަނީ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ

ގެއްލިގެން ހޯދަމުންދާ ދަފްތަރު ނަމްބަރު 2997 ޝައިމް އަބްދުﷲ ހޯދުމަށް މިހާތަނަށް ތިން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ފުލުހުން ބުނީ، މި މަހު 18 ވަނަ ދުވަހު 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ގެއްލިގެން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ހުށަހެޅުމާއެކު އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އަމަލުކޮށްފައިވާ ކަމަށެވެ.

Advertisement

އެގޮތުން މި މަހު 20 ވަނަ ދުވަހު އެ ކުއްޖާ ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށާއި، އެ ކުއްޖާ ހޯދުމަށް މިހާތަނަށް ތިން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސީސީޓީވީ ފުޓޭޖްތައް ބަލައިގެންވެސް ކުއްޖާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ފުލުހުން ބުނީ، މިހާރުވެސް އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3000600 ނަމްބަރ ފޯނަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް