Advertisement
ކ. މާލެ
|
22 ޖޫން 2019 | ހޮނިހިރު 15:27
ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީ
ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީ
މަޖިލިސް
މާފުށީ ޖަލުގެ ހާދިސާ
ހޯމް މިނިސްޓަރާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ގައުމީ ސަލާމަތުގެ ކޮމިޓީއަށް މިރޭ ހާޒިރުކުރަނީ
މި ގޮތަށް ނިންމާފައިވަނީ ޖަލުގައި ހިގައިދިޔަ ހާދިސާ އާއި ގުޅިގެން، ބޭއްވި ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކުއްލި ބައްދަލުވުމުގައި
ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅާފައިވަނީ، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް
އޭނާގެ ހުށަހެޅުއްވުން ފާސްކޮށްފައިވަނީ ކޮމިޓީ އިއްތިފާގުން

މާފުށީ ޖަލުގައި ޖޫން 20 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި،ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީއަށް ހޮނިހިރު ދުވަހުގެ ރޭ 8.30 އަށް ހާޒިރުކުރަން ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ ޖަލުގައި ހިގައިދިޔަ ހާދިސާ އާއި ގުޅިގެން، ބޭއްވި ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކުއްލި ބައްދަލުވުމުގައެވެ.

ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅާފައިވަނީ، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމްއެވެ. އޭނާގެ ހުށަހެޅުއްވުން ފާސްކޮށްފައިވަނީ ކޮމިޓީ އިއްތިފާގުންނެވެ.

Advertisement

މާފުށި ޖަލުގައި ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރާ ގައިދީއަކު ހަމަލާދިން ކަމަށް ބުނެ، ދެ ގޮޅިއަކުން ޖުމްލަ ފަސް މީހުން ނެރުމަށް ފަހު އެ މީހުން ފަހަތަށް ބިޑި އަޅުވައި ބިން މައްޗަށް ވައްޓާލުމަށް ފަހު މުގުރުން ގައިގައި ތަޅާ، ކުރިމަތި ފަރާތަށާއި ފުރަގަސް ފަރާތަށް ޕެޕަރ ސްޕްރޭ ޖަހައި ބޯ ބާލުވާފައިވާ ކަމަށް އެކި މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މިއަދު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލަ އާއި، ބަންދު މީހުންނަށް އަނިޔާވި މައްސަލައަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެކަންކަން ކުށްވެރިކުރާ ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ޖަލަށް ޒިޔާރަތްކޮށް ޖަލުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާ ތަހްގީގްކޮށް ނިމެންދެން އެމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރ މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް