Advertisement
ކ. މާލެ
|
22 ޖޫން 2019 | ހޮނިހިރު 12:27
އާޓިފިޝަލް ބީޗުގެ މަސައްކަތްތައް ކުރިއަށްދަނީ
އާޓިފިޝަލް ބީޗުގެ މަސައްކަތްތައް ކުރިއަށްދަނީ
ޝުއައިބް މުހައްމަދު އިގްބާލް
އާޓިފިޝަލް ބީޗު
އާޓިފިޝަލް ބީޗު ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ: ޕްލޭނިން މިނިސްޓްރީ
ބާރު ސްޕީޑްގައި ކުރިއަށްދޭ
މިއީ 13 މިލިއަން ރުފިޔާގެ މަޝްރޫއެއް

ތަރައްގީ ކުރަމުންދާ ހެންވޭރު އާޓިފިޝަލް ބީޗު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އާންމުންނަށް ހޮޅުވާލޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ފްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް ވިދާޅުވީ އާޓިފިޝަލް ބީޗްގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ހުރިހާ މަސައްކަތެއް ނިމި، ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ މަސައްކަތަކީ އިތުރު ގަސް އިންދައި ބެންޗްތައް ބަހެއްޓުމުގެ މަސައްކަތްތަކެވެ.

އޮފިޝަލް މިހެން ވިދާޅުވި ނަމަވެސް ބީޗްގައި އަދިވެސް ގިނަ މަސައްކަތްތަކެއް ހުރީ ނުނިމިކަން ފާހަގަކޮށްލެވެއެވެ.

އޮފިޝަލް ވިދާޅުވީ ހުޅުވަން ނިންމި ތާރީހަށް ނުނިމި ލަސްތަކެއް ވެގެންދިޔައީ ބޭރުން ގެންނަން ޖެހޭ ބައެއް ސާމާނު ލިބުމުގައި ލަސްތަކެއް ވެގެން، މަސައްކަތް ކުރިއަށް ނުގެންދެވިގެން ކަމަށެވެ.

Advertisement

އާޓިފިޝަލް ބީޗުގެ ފަތާ ސަރަހައްދުގެ މަސައްކަތް ނިމި އެތަން މިހާރު ވަނީ ހުޅުވާލާފައެވެ.

އާޓިފިޝަލް ބީޗު ތަރައްގީ ކުރުމުގެ މަސައްކަތް 13 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ރަސްފަންނު ތަރައްގީ ކުރި ފެންވަރަށް އުދޯލިތަކާއި، ހޮޅިއަށިތަކާ އެކު ޕާކެއްގެ ގޮތަށް ތަރައްގީ ކުރުމަށެވެ. ރޯދައަށް އާޓިފިޝަލް ބީޗް ހުޅުވާނެ ކަމަށް އެމްޓީސީސީން ބުނި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ވެހިކަލްތައް ނަގައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިއަ ޖެނުއަރީ މަހު 14 ވަނަ ދުވަހު އެވެ. އަދި އެމަސައްކަތް ފެށުމަށް މިދިޔަ އެޕްރީލް މަހު 11 ވަނަ ދުވަހު އެސަރަހައްދު ބަންދުކުރިއެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގެ އިތުރުން ބްރިޖް ކައިރީގައި އޮތް ހުސް ބިމުގައި ވެސް ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ނިމިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް