Advertisement
ކ. މާލެ
|
22 ޖޫން 2019 | ހޮނިހިރު 11:19
ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމުގެ އަމަލި މަސައްކަތް އިފެތިތާހު ކުރުމުގެ ރަސްމިޔާތު
ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމުގެ އަމަލި މަސައްކަތް އިފެތިތާހު ކުރުމުގެ ރަސްމިޔާތު
އެންވަޔަރަމެންޓް މިނިސްޓްރީ
ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމުގެ އިފްތިތާހު ކުރު
ނޮޅިވަރަން ފަރުގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮށްފި
ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮއްފި

ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް އެނަވާރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިނިސްޓަރ ވިދާޅުވީ ހައްލު ހޯދައިދިނުމަށް، މަސައްކަތް ކުރާމުން ގެންދާ ކަމަށާއި، ނަމަވެސް މިހާރު މަސައްކަތް ކުރަން ޖެހިފައިވަނީ އަލުން ފަށައިގެން ކަމަށެވެ. އަދި ނޮޅިވަރަން ފަރުގައި ކުރިއަށް މިގެންދާ މަސައްކަތަކީ ވަށާޖެހޭ ތަރައްގީގެ ޕްލޭން އެއް ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ނޮޅިވަރަންފަރަށް 500 ކިލޯ ވަޓް ގެ ޖަނަރޭޓަރެއް ގެނެވޭނެ ކަމަށާއި 70 އިންސައްތައިން ސޯލާ ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފެއްދުމުގެ މަސައްކަތެއްވެސް ފެށިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން މުޅި ރަށުގައި ފެން ހޮޅި އެޅުމާއި ގޭބީސީ ތަކާއި ގެ ތަކުގައި ފެން މީޓަރުތައް ހަރު ކުރުން މި މަޝްރޫޢުގެ ދަށުން ކުރިއަށްދާއެވެ. ބޯ ހޯލް ހަދާ، ގާއިމު ކުރުމާއި އާރައޯ ޕްލާންޓް ޔުނިޓް ގާއިމް ކުރުމުގެ އިތުރުން ލެބޯރެޓްރީގެ ޚިދުމަތް ލިބޭ އެޑްމިނިސްޓްރޭޝަން އިމާރާތެއް އެޅުމަށް ވެސް ވަނީ ރޭވިފައެވެ.

ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑް އާއި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލު ކުރެވިފައިވަނީ 31.8 މިލިއަން އަށެވެ.

ނޮވެމްބަރު މަހު މަޝްރޫޢުގެ މަސައްކަތް ނިމުމުން ނޮޅިވަރަން ފަރުގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް