Advertisement
ކ. މާލެ
|
22 ޖޫން 2019 | ހޮނިހިރު 11:17
ކަމަދޫ ކައުންސިލް އާއި މިނިސްޓްރީ އޮފް އެންވާރަމެންޓްއާ އެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ކަމަދޫ ކައުންސިލް އާއި މިނިސްޓްރީ އޮފް އެންވާރަމެންޓްއާ އެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
އެންވަޔަރަމެންޓް މިނިސްޓްރީ
ބ. ކަމަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓްރީ
ބ. ކަމަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓްރީތަކާއި ހިއްސާ ކޮށްފި
ބ. ކަމަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓްރީތަކާއި ހިއްސާ ކުރުން

ބ. ކަމަދޫ ކައުންސިލުން އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓްރީ ތަކާއި ހިއްސާ ކޮށްފިއެވެ.

އެ ރަށު ކައުންސިލުން ވަނީ ރަށުގެ ކުރި އެރުންތަކާއި ގުޅިގެން ފިނޭންސް މިނިސްޓްރީ، އެންވާރަމެންޓް މިނިސްޓްރީ، ޔޫތް މިނިސްޓްރީ، އަދި ފެނަކަ ކޯޕަރޭޝަންއާއި އެކު ބައްދުލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

Advertisement

އެގޮތުން ފިނޭންސް މިނިސްޓްރީ އާއި އެކު ރަށުގައި އާމްދަނީ އުފައްދާ، އިތުރުކުރާނެ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދެކެވިފައިވާއިރު، ޔޫތް މިނިސްޓްރީ އާއި އެކު ވަނީ މިދިޔަ ސަރުކާރުން ހަދަން ފަށާ، މުޅިން ނުނިމި ހުރި ބޯޅަދަނޑު އެކޮށް ހަދާ ނިންމާ ބޮޑު ކުރުމުގެ ވާހަކަ ދެކެވިފައެވެ.

މީގެއިތުރުން އެކި ކުޅިވަރުތައް ކުޅުމަށް ބޭނުންކުރާ އިކުއިޕްމެންޓްތައް އިތުރުކުރުމުގެ ވާހަކަތައް ޔޫތު މިނިސްޓްރީ އާއި ހިއްސާ ކުރެވިފައިވާކަމަށް ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ސާޖިދު ވަނީ ރާއްޖެ.އެމެވީއަށް މައުލޫމާތު ދެއްވާފައެވެ.

މިނިސްޓްރީ އޮފް އާރޓްސް ހެރިޓޭޖް އެން ކަލްޗާރ އާއި ކަމަދޫ ކައުންސިލް ގެ ބައްދަލުވުމުގެ ތެރެއިން

އަހްމަދު ސާޖިދް މި ބައްދަލުވުންތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ވިދާޅުވީ އެންވާރަމެނޓް މިސްޓްރީއާއި އެކު ބޭއްވުނު ބައްދަލުވުމުގައި ރަށުގެ މިހާރު ކުނި ނައްތާލާ ގޮތާއި ކުނި ނައްތާލާނެ ރަނގަޅު ރަނގަޅު ނިޒާމެއް ގާއިމު ކުރުމަށްޓަކައި ބޭނުންވާނޭ ވަސީލަތްތައް ހޯދުމާއި ގުޅިގެން ވާހަކަ ދެކެވިފައިވާކަމަށެވެ.

މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗާރ އާއިއެކު ރަށުގެ އާސާރީ ތަރިކަތައް ހިމާޔަތް ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާއިރު ފެނަކަ ކޯޕަރޭށަން އާއި އެކުވަނީ ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާއި، އެރަށުގެ އިންޖީނުގެއަށް ދިމާވެފައިވާ މައްސަލަތައް ހިއްސާކުރެވިފައެވެ. އަދި ރަށުގެ ނަރުދަމާ ނިޒާމާއި ސާފު ފެނާއި ގުޅިގެން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

ކަމަދޫ ރައްޔިތުންނަށް ކުރިމަތި ވެފައިވާ މައްސަލަ ތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އެ ކަންކަމަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީ ތަކުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް