Advertisement
ކ. މާލެ
|
22 ޖޫން 2019 | ހޮނިހިރު 11:03
ރައީސް މުހައްމަދު ނަޝީދު ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އެކު
ރައީސް މުހައްމަދު ނަޝީދު ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އެކު
ރާއްޖެއެމްވީ
ޖާސޫސީ ހިދްމަތްތައް
އިންޑިއާ އާއި ސްރީލަންކާ އަދި ރާއްޖޭގެ ޖާސޫސީ ޚިދްމަތްތައް އެކުގައި މަސައްކަތް ކުރުން މުހިއްމު: ރައީސް ނަޝީދު
ކަންތައްތައް ހައްލު ކުުރުމުގެ ދޭދޭ ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވުން މުހިއްުމު
ތިން ގައުމުގެ ސަލާމަތީ ޚިދްމަތްތަކުން މިހާރުވެސް އެކުގައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި
ސާރކް ގައުމު ތަކުގެ މެދުގައި ޓެރަރިޒަމާއި ދެކޮޅު ކޮންފަރެންސް ބޭއްވުމަކީ ބޭނުންތެރި ކަމެއް

އިންޑިއާ އާއި ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ޖާސޫސީ ޚިދްމަތްތައް އެކުގައި މަސައްކަތް ކުރުން ވަރަށް ބޭނުންތެރި ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ.އެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ، ސްރީލަންކާ އަދި ރާއްޖޭގެ ސަލާމަތީ ޚިދްމަތްތަކާ، ޖާސޫސީ ޚިދްމަތްތައް އެކުގައި މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށާއި، އަދި މިހާރު މަސައްކަތް ކުރިއަށް ދަނީވެސް އެ ގޮތަށް ކަމަށެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ، ތިން ގައުމުގެ ސިފައިންގެ މީހަކު ރާއްޖޭގެ ރަށަކުން ނުވަތަ މާލެއިން ފެނުމުން ކަމެއް ގޯސް ވެގެން އުޅެނީ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި، އެއީ ކަންތައް ރަނގަޅަށް ހިނގަމުން އަންނަ ކަމުގެ މަންޒަރު ކަމަށެވެ.

" އަޅުގަނޑުމެންވެސް ހީކޮށްގެން ނުވާނެ ސްރީލަންކާގެ ސިފައިންގެ މީހެއް މާލެއިން ފެނުނީމައި ނުވަތަ އިންޑިއާ ސިފައިންގެ މީހެއް މާލެއިން ފެނުނީމައި ނޫނީ އިހަވަންދޫ އިން ފެނުނީމައި، އެއީ އިތުރު ގޯހެއް ހިގައިން އުޅެނީ ކަމަށް. އެ ފެންނަނީ ރަނގަޅަށް ހިގާ ތަން. ހަގީގަތުގައި އޭގެ މަންޒަރު."
ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ކަންތައްތައް ހައްލު ކުރުމުގައި ދޭދޭ ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވުން ވަރަށް މުހިއްމު ކަމަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން، ޓެރަރިޒަމް ހުއްޓުވުމުގެ ގޮތުން އެކުގައި މަސައްކަތް ކުރުމަށް ބައިނަލް އަގްވާމީ ކޮންފަރެންސަކަށް ގޮވާލައްވާފައެވެ.

ބޮޑު ވަޒީރު މޯދީ ގޮވާލެއްވި ގޮތަށް ޓެރަރިޒަމާއި ދެކޮޅު ކޮންފަރެންސެއް ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، އެ ކަމަށް އިސްނެގުމުގެ ގޮތުން ސާރކް ގައުމު ތަކުގެ މެދުގައި އެފަދަ ކޮންފަރެންސެއް ފުރަތަމަ ބޭއްވިގެން ދިއުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސްރީލަންކާ، އިންޑިއާ، ރާއްޖެ ފަދަ ގައުމުތަކުން މި ކަމާއި ދޭތެރޭ ދެކޭ ގޮތް ތަފާތުވެގެންދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޕްރައިމް މިނިސްޓަރ މޯދީ އެ ވިދާޅުވެފައިވާ ވިދާޅުވުމާއި، އަޅުގަނޑު ހިތުން ދިވެހި ސަރުކާރުން އޭގައި ދެކޭ ގޮތާއި އަދި މި ތަނުގެ ސަރުކާރުންވެސް އެކަމުގައި ދެކޭ ގޮތް، އަޅުގަނޑަށް ފެންނަ ފެނުމުގައި ތަފާތުވެގެނެއް ނުދާނެ. އެހެންވީމައި އެ ބާވަތުގެ މަސައްކަތެއް ހިންގުމަކީ ބޭނުންތެރި ކަމެއް "
ރައީސް ނަޝީދު ވިދާޅުވިއެވެ.

އެޕްރީމް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު، އެ ގައުމަކީ އަމާން ރައްކާތެރި ގައުމެއްކަން މުޅި ދުނިޔެއަށް ހާމަކޮށް ދިނުމަށް ރައީސް ނަޝީދާއި އެކުގައި 100 އަށް ވުރެ ގިނަ މީހުން އެކުލެވޭ ވަފްދެއް މި މަހުގެ 14 އިން 16 އަށް ވަނީ ލަންކާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ އިތުރުން ގައުމީ މަޖިލިސްގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް