Advertisement
ކ. މާލެ
|
22 ޖޫން 2019 | ހޮނިހިރު 10:54
މިނިސްޓަރ އިމްރާން ޖަލުތަކަށް ފޮތް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ
މިނިސްޓަރ އިމްރާން ޖަލުތަކަށް ފޮތް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ
ޝުއައިބް މުހައްމަދު އިގްބާލް
މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރުން
ގައިދީންނާމެދު ލާއިންސާނީ އަމަލުތައް ހިންގުން ހުއްޓުވާނަން: ޝޭހް އިމްރާން
މިފަދަ އަމަލުތަކުން ދުރުހެލިވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވި
ސިޔާސީ މަންފާ ހޯދަން ޖަލުތައް ހަލަބޮލި ނުކުރެވޭނެ
ހާދިސާ ހިނގައިދިޔަ ގޮތް ބައްލަވާ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި

ޖަލުތަކުގައި ގައިދީންނާމެދު ހިންގާ ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހިންގުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކޮށް ހާލަތާ ނުބައްދަލު ބާރުބޭނުންކޮށްފައިވާ މައްސަލައާއި ގުޅިގެން ކުރި ޓްވީޓެއްގައި މިނިސްޓަރ އިމްރާން ވިދާޅުވީ މި ރާއްޖޭގެ ޖަލުތަކުގެ ހާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައި ނުވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

Advertisement

މި މައްސަލައަކީ އެއް ދުވަހަކުން ދެ ދުވަހަކުން ބަދަލުވާނެކަމެއް ނޫންކަމަށް ވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އޭނާ ވަނީ އަނިޔާވެރި އަމަލުތަކުން ދުރުހެލިވެ ތިބުމަށް ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ އޮފިސަރުންނަށް ނަސޭހަތްތެރިވެފައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ އޮފިސަރުންނަށް ފިޔަވަޅު އަޅާނީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށެވެ.

މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ ޖަލުތައް ހަލަބޮލޮކޮށްލައިގެން ސިޔާސީ މަންފާ ހޯދި ޒަމާން މާޒީވެއްޖެ ކަމަށާއި، ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލިކުރުމަށް ކުރާ ކަންކަމުން އެއްކިބާވުމަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލުގައި ހިނގައިދިޔަ ހާދިސާގައި ކަންކަން ވީގޮތް އޮޅުންފިލުއްވަން މިނިސްޓަރ އިމްރާން ހޮނިހިރު ދުވަހުގެ ވަގުތެއްގައި މާފުށި ޖަލަށް ވަޑައިގަންނަވާނެއެވެ.

މާފުށި ޖަލުގައި ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ ގައިދީއަކު ހަމަލާދިން ކަމަށް ބުނެ، ދެ ގޮޅިއަކުން ޖުމްލަ ފަސް މީހުން ނެރުމަށްފަހު އެމީހުން ފަހަތަށް ބިޑި އަޅުވައި ބިން މައްޗަށް ވައްޓާލުމަށްފަހު މުގުރުން ގައިގައި ތަޅާ، ކުރިމަތި ފަރާތަށާއި ފުރަގަސް ފަރާތަށް ޕެޕަރ ސްޕްރޭ ޖަހައި ބޯ ބާލުވާފައިވާ ކަމަށް އެކި މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެކަން ހިނގައިދިޔަ ގޮތް ބަލާނެކަމަށް އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު މައުލޫމާތު ދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް