Advertisement
ކ. މާލެ
|
21 ޖޫން 2019 | ހުކުރު 22:40
އައިޖީއެމް ހޮސްޕިޓަލް
އައިޖީއެމް ހޮސްޕިޓަލް
އަހުމަދު މުހުސިނު
އައިޖީއެމްއެޗް
ހޮސްޕިޓަލަށް ނިސްބަތްކޮށް ޝާފިއީ ދައްކާފައިވަނީ ދޮގު ވާހަކަތަކެއް: އައިޖީއެމްއެޗް
މި މަހުގެ 12 ވަނަ ދުވަހު ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ބައްދަލުވުން ބޭއްވި
ސޮފްޓްވެއާރ ހޯދަނީ އެ ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ޑޮކްޓަރުންނާ މަޝްވަރާ ކުރުމަށްފަހު

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝާފިއީ، އައިޖީއެމްއެޗާއި ބެހޭގޮތުން ދައްކާފައިވަނީ އެއްވެސް އަސާސެއްނެތް ދޮގުވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޝާފީ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާދެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އައިޖީއެމްއެޗްއަށް ބޭނުންވާ ސްފޮޓްވެއާ ޕްރޮޖެކްޓެއް މި ސަރުކާރުން ކުރިޔަށް ގެންދާތީވެކަމަށް ވިދާޅުވުމަށްފަހު އެވެ.

ޝާފީގެ އެ ވާހަކަތަކަށް ރައްދުދެއްވާ އެ ހޮސްޕިޓަލުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ހޮސްޕިޓަލަށް ހޯދާ، ހޮސްޕިޓަލް މެނޭޖްމެންޓް ސިސްޓަމް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ ފުށްފެންނަ ހުޅުވާލެވިފައިވާ ބިޑިން ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އަދި އެއީ ގާނޫނުތަކާއި، ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރާ މަސައްކަތެއްކަމަށް ހޮސްޕިޓަލުން ބުންޏެވެ.

Advertisement

މަސައްކަތް ކުރިއަށް ދަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓޭކްނޮލޮޖީ އާއި އަދި ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން ކަން ފާހަގަކޮށް އައިޖީއެމްއެޗް ބުނީ ރައީސުލްޖުމުހުރިއްޔާގެ އޮފީހުގެ އިސްފަރާތްތަކާއިއެކު މި މަހުގެ 12 ވަނަ ދުވަހު އަދި ކަމާއި ގުޅުންހުރި މުއައްސަސާތަކާއިއެކު މި މަހުގެ 19 ވަނަ ދުވަހު މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އަދި އޭގެއިތުރުން މިފަދަ ބައްދަލުވުންތަކެއް ބޭއްވުމަށް ތާވަލު ކުރެވިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ ރައްޔިތުނަށް ބޭނުންވާ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މި ސޮފްޓްވެއާރ ހޯދަނީ އެ ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ޑޮކްޓަރުންނާއި އަދި ކަމާއި ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއި އެކު ތައްޔާރު ކުރެވޭ ސްކޯޕްގެ މައްޗައް ބިނާކޮށް ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކުގެ މަޝްވަރާއާއި ވެސް އެކުގައި ކަމަށެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ އެކި ހޮސްޕިޓަލްތަކުގައި ބެނުންކުރާ މިފަދަ ސޮފްޓްވެއާތައް އަޅާކިއުމަށްފަހު ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާ ސިސްޓަމެއް ހޯދުމަށް ހޮސްޕިޓަލުން މަސައްކަތް ކުރަމުން ދާ ކަމަށްވެސް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
22 ޖޫން 2019 | ހޮނިހިރު 02:25
އީމެއިލް ކުރައްވާ
ޝާފިއީ ދައްކާފައިވަނީ ތެދު ވާހަކަތަކެއް، ދެންއޮޅުވާލާން އުޅޭނެކަމެއްނެތް! އަހަރުމެން މިތިބީ ފިސާރި ހޭލާ!