Advertisement
ކ. މާލެ
|
21 ޖޫން 2019 | ހުކުރު 22:06
ނައިބު ފައިޞަލް ނަސީމް
ނައިބު ފައިޞަލް ނަސީމް
ރައީސް އޮފީސް
ނައިބު ރައީސް
ނައިބު ރައީސް ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ދަތުރުފުޅުގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުން
ނައިބް ރައީސްގެ މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ހއ. މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫއަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ވެރިންނާއި، މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައިވެއެވެ.

ރަށްރަށުގެ ކައުންސިލްތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ކައުންސިލްތަކުގެ ފަރާތުން ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ސަރުކާރަށް ހުށަހަޅާފަ އެވެ. އަދި އަދުގެ ސަރުކާރުގެ ތެރެއިން އެ މަޝްރޫއުތައް ކުރިއަށްގެންގޮސްދެއްވުމަށް ނައިބް ރައީސްގެ އަރިހުން، އެދިވަޑައިގެންފައިވެއެވެ.

Advertisement

އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޯރަފުއްޓާއި، އިހަވަންދޫގައި އެމްޓީސީސީގެ ހައިސްޕީޑް ފެރީގެ ޚިދުމަތްވެސް ފައްޓަވައި ދެއްވާފައެވެ. އަދި ނައިބް ރައީސް ވަނީ ރަށްރަށުގެ ތަރައްޤީއަށް މިވަގުތު ކުރިއަށްގެންދާ ބައެއް މަޝްރޫއުތައްވެސް ކުރިއަށްދާގޮތް ބައްލަވާލައްވާފަ އެވެ. އެގޮތުން ހޯރަފުށި އެއާޕޯޓްގެ މަސައްކަތްވެސް ބައްލަވާލައްވާފައިވެއެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުންކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރައްވުމަށް އެމަނިކުފާނުގެ މި ދަތުރުފުޅުގައި މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް