ކޮމިއުނިކޭޝަން މިނިސްޓްރީ ތެރޭގައި ކޮރަޕްޝަން އެބައޮތް ކަމަށް ބުނެ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު އިސްތިއުފާދެއްވައިފިއެވެ.
އިސްތިއުފާ ދެއްވާފައި ވަނީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނސްޓަރު މުހައްމަދު ޝާފީއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ދީފައިވާ ސޮފްޓްވެއަރ ޕްރޮޖެކްޓެއް މި ސަރުކާރުން ކުރިޔަށް ގެންދާތީވެ އެކަމާއި މެދު ކަންބޮޑުންވުން ފާޅުކުރައްވަމުން އޭނާ އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ ބުރާސްފަތި ދުވަހުއެވެ.
ޝާފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ސޮފްޓްވެއާ ޕްރޮޖެކްޓް މި ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމުން އެކަމާއި މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށެވެ. އަދި ފެންމަތިކުރި މައްސަލަތަކަށް ހައްލެއް ލިބިފައިނުވާތީވެ ސަރުކާރުން މުސާރަ ނެގުމުގެ ބޭނުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ޝާފީގެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، ޝާފީ އެ ވިދާޅުވާ ސޮފްޓްވެއާ ގަންނަން ނިންމާފައި ނުވާކަމަށެވެ. އެ ސޮފްޓްވެއާ އަކީ އައިޖީއެމްއެޗް އަށް ބޭނުންވާ ސޮފްޓްވެއާ އެކެވެ.
މި ސަރުކާރުގައި އަދި މިހާތަނަށް އެއްވެސް ސޮފްޓްވެއާ އެއް ހޯދާފައި ނުވާ ކަމަށާއި، އައިޖީ އެމްއެޗާއި އެކު ސޮފްޓްވެއާއާ ގުޅުންހުރި އެންމެ ފަހުގެ މަޝްވަރާތަކުގައި ޝާފީ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ކަން ހިނގަމުންދާ ގޮތަކީ މިއަދާ ހަމަޔަށްވެސް ހޯދާފައި ނުވާ އެއްޗެއްގެ ވާހަކަ އެ ދައްކަނީ. ދެން އެކަމާއި ގުޅުން ހުރި އައިޖީއެމްއެޗްގެ ސޮފްޓްވެއާ ގުޅުން ހުރި އެންމެ ފަހުގެ މަޝްވަރާ ބައްދަލުވުމެއް ރައީސް އޮފީހުގައި ރައީސް އޮފީހުން އިސްނަގައިގެން ދެ ވަނަ ބައްދަލުވުމެއް ކުރިޔަށ ގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއަކީ ސޯލިހު ~ ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ~
ސްފޮޓްވެއާ ހޯދުމަށް ނިންމާފައިވާއިރު އެ ހޮސްޕިޓަލަށް އެންމެ ރަނގަޅީ ކޮން ސޮފްޓްވެއާ އެއްތޯ ހޯދަމުންދާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.