Advertisement
ކ. މާލެ
|
21 ޖޫން 2019 | ހުކުރު 08:50
އަލަށް ހުއްދަ ދިން ގާނޫނީ ވަކީލުން ހުވާކުރައްވަނީ
އަލަށް ހުއްދަ ދިން ގާނޫނީ ވަކީލުން ހުވާކުރައްވަނީ
ގާނޫނީ ވަކީލް ކަމުގެ ހުއްދަ ދިނުން
28 ބޭފުޅަކަށް ގާނޫނީ ވަކީލް ކަމުގެ ހުއްދަ ދީފި
ހުވާ ލައިދެއްވީ ފަނޑިޔަރު އަބްދުﷲ އަރީފް
ވަކީލުންނަކީ އަމިއްލަ މަންފާއަށް މަސައްކަތްކުރާ ބަޔަކަށް ވެގެންނުވާނެކަމަށް އިލްތިމާސް ކުރެއްވި
ހުއްދަ ޙަވާލުކޮށްދެއްވީ އަބްދުﷲ ދީދީ

އަށާވީސް ފަރާތަކަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދީފިއެވެ.

ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ ރަސްމިއްޔާތަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި މި އަހަރު ބޭއްވުނު ތިން ވަނަ ރަސްމިއްޔާތެވެ.

ޤާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފްއެވެ. ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހްމަދު ޢަބްދުﷲ ދީދީ އެވެ.

Advertisement

ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާތަބުކުރައްވައި، ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަޙްމަދު މާޖިދު ވާހަކަފުޅުގައި، ޤާނޫނީ ވަކީލުންނަކީ ސުލޫކު ހެޔޮ އަދި މުވައްކިލުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.

ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަޙްމަދު މާޖިދު

ވަކީލުންނަކީ އަމިއްލަ މަންފާއަށް މަސައްކަތްކުރާ ބަޔަކަށް ވެގެންނުވާނެކަމަށާއި، ވަކީލުން މަސައްކަތްކުރާންވާނީ މުޖުތަމަޢުގެ ޢާންމު ފަރުދުންގެ ޙާލަތު ދެނެގަނެ ރައްޔިތުންގެ ޙައްޤު އެންމެ ފުރިހަމަގޮތުގައި އަދާކުރާ ބައެއްގެ ގޮތުގައިކަމަށް މާޖިދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން، ސުޕީރިއަރ ކޯޓުތަކުގެ އިސް ގާޒީންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް