Advertisement
ކ. މާލެ
|
21 ޖޫން 2019 | ހުކުރު 07:57
މެޖިސްޓްރޭޓް އަދުނާން ހުސައިން
މެޖިސްޓްރޭޓް އަދުނާން ހުސައިން
އަވަސް
ރ. މާކުރަތު
މާކުރަތު މެޖިސްޓްރޭޓް އަދުނާން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކޮށް ސިހުރު ހެދި މައްސަލަ ޖޭއެސްސީ އަށް!
މުވައްޒަފަކަށް ފެންނަ ގޮތަށް އަދުނާން އޮރިޔާން އެޅުވި
މީގެ ކުރިންވެސް ޖިންސީ ގޯނާ ކުރި ކަމަށްވަނީ ތުހުމަތު ކުރެވިފައި

ރ. އަތޮޅު މާކުރަތު މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރަމުންދާ ތިން އަންހެން މުވައްޒަފަކަށް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސައިން ޖިންސީ ފުރުއްސާރަކޮށް ސިހުރު ހެދި މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅައިފިއެވެ.

އަދުނާނުގެ މައްސަލަ ބަލައިދިނުމަށް އެދި ކޯޓުގެ މުވައްޒަފުން ޖޭއެސްސީގެ ރައީސް އަބްދުﷲ އާރިފްއަށް ފޮނުވި ސިޓީ ރާއްޖެ.އެމްވީއަށް ވަނީ ލިބިފައެވެ. އަދުނާން ޖިންސީ ގޮތުން ފުރައްސާރަ ކޮށްފައިވަނީ ކޯޓުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްގެ އިތުރުން އެޑްމިންގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ.

އެ ސިޓީގައި ބުނެފައިވަނީ، އަދުނާން އެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރަނީ ވަޒީފާގެ ބިރުވެރިކަމާއި، ސިހުރުގެ ބިރުވެރިކަން ދައްކައިގެން ކަމަށެވެ.

Advertisement

އަދުނާން އަކީ ސިހުރު ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ސިޓީގައި ތުހުމަތު ކޮށްފައިވާއިރު، މީގެ ކުރިންވެސް އަދުނާން އެހެން މުވައްޒަފުންނަށް ސިހުރު ހަދަމުންދާ ކަމަށްވެސް ސިޓީގައި ވަނީ ބުނެފައެވެ.

ކޯޓުގައި ކުރިން ވަޒީފާ އަދާކުރި މުވައްޒަފަކަށް ފެންނަ ގޮތަށް ގާޒީ އަދުނާން ކޮމްޕިއުޓަރ ސިސްޓަމުން އޮރިޔާން ވީޑިއޯ އަޅުވައިގެން ބެލި މައްސަލައެއް ފުލުހަށް ހުށައަޅާފައިވާ ކަމަށާއި، ނަމަވެސް އަދުނާންގެ ނުފޫޒާއި ބާރުވެރިކަމާއި ހެދި އެ މައްސަލަ ވަކި ހިސާބަކުން ހުއްޓިފައިވާ ކަމަށްވެސް ޖޭއެސްސީ އަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

ޅ. ނައިފަރު ކޯޓުގެ ގާޒީއެއްގެ ގޮތުގައި އަދުނާން މަސައްކަތް ކުރެއްވި އިރު، އޭނާގެ ފަރާތުން އަންހެނުން ތަކަށް ޖިންސީ ފުރުއްސާރަ ކުރި ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް