Advertisement
ކ. މާލެ
|
21 ޖޫން 2019 | ހުކުރު 07:43
ގެއްލިގެން ހޯދަމުންދާ ކުއްޖާ
ގެއްލިގެން ހޯދަމުންދާ ކުއްޖާ
މޯލްޑިވްސް ޕޮލިސް ސާރވިސް
ކުޑަކުއްޖަކު ގެއްލުން
ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުން އަންނަނީ 14 އަހަރުގެ ފިރިހެން ކުއްޖެއް
ކުއްޖާ ގެއްލުނުތާ ތިން ދުވަސް ވަނީ ވެފައި

ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން، އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދާ ކުއްޖާއަކީ ދަފްތަރު ނަމްބަރ ރސ 2997 ، ޝައިމް ޢަބްދުﷲ ކަމަށާއި، އެ ކުއްޖާއަކީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރު ކަމަށެވެ.

Advertisement

އެ ކުއްޖާ ގެއްލިގެން ހޯދާތާ ތިން ދުވަސް ވެފައިވާއިރު، ކުއްޖާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެއިތުރުން މިކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް