Advertisement
ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 11:20
ނައިބު ރައީސް ފައިސަލް ނަސީމް ހއ. އަށް ފުރާވަޑައިގަންނަވަނީ
ނައިބު ރައީސް ފައިސަލް ނަސީމް ހއ. އަށް ފުރާވަޑައިގަންނަވަނީ
ރައީސް އޮފީސް
ނައިބު ރައީސް ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތ
ނައިބު ރައީސް ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފި
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫ އަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހު ފުރާވަޑައިގެންފިއެވެ.

ނައިބު ރައީސް ހއ. އަތޮޅުން ވަޑައިގަންނަވަން ހަމަޖެހިފައިވާ ރަށްރަތުގެ ތެރޭގައި މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫ ހިމެނެއެވެ.

Advertisement

ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރެެއްވުމުގެ އިތުރުން އެ ރަށްރަށުގައި ތިބި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެ މުއައްސަސާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް