Advertisement
ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 10:07
ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލާއި ޕަޓްރޫޝޭވް، ޑިފެންސް މިނިސްޓަރު މާރިޔާ ބައްދަލު ކުރައްވަނީ
ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލާއި ޕަޓްރޫޝޭވް، ޑިފެންސް މިނިސްޓަރު މާރިޔާ ބައްދަލު ކުރައްވަނީ
އަވަސް.އެމްވީ
ރަޝިއާ
ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ، ޑިފެންސް މިނިސްޓަރ މާރިޔާ ބައްދަލު ކުރައްވައިފި
ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި
100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވި

ރަޝިއާގެ ގައުމީ ސަލަމާތާ ގުޅޭ ކަންކަމުގައި އެ ގައުމުގެ ރައީސަށް ލަފާއަރުވާ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ނިކޮލާއި ޕަޓްރޫޝޭވް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރ މާރިޔާ ޕަޓްރޫޝޭވް ބައްދަލުކޮށްފައި ވަނީ އޭނާގެ ހާއްސަ ދައުވަތަކަށް ރަޝިޔާގައި މިހާރު ކުރިއަށްދާ 10 ވަނަ އިންޓަނޭޝަނަލް މީޓިންގް އޮފް ހައި ރޭންކިންގް އޮފިޝަލްސް ރެސްޕޮންސިބަލް ފޯރ ސެކިއުރިޓީގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޝިއާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

މިބައްދަލުކުރައްވައި ސަލަމާތީ ކަންކަމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ހާއްސަ ގޮތެއްގައި ބައިނަލްއަގުވާމީ ޓެރަރިޒަމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މައުލޫމާތު ހިއްސާކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

Advertisement

މީގެ އިތުރުން މިނިސްޓަރާ މާރިޔާގެ މި ދަތުރުފުޅުގައި ރަޝިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވަން ވެސް ހަމަޖެހިފައި ވެއެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތައް ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ބައިވެރިވާ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ ވަނީ ތަގުރީރު ކުރައްވައިފަ އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުފޭރުން ފަދަ ކަންކަމުގެ އިތުރުން ބޭރު ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ބުރައިގެ ސަބަބުން ގައުމުގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ހުރަސްއެޅިގެންދާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް