Advertisement
ކ. މާލެ
|
19 ޖޫން 2019 | ބުދަ 19:15
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ސޮފްވާން އާއި ނައިބް ރައީސް ޒައިނާ
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ސޮފްވާން އާއި ނައިބް ރައީސް ޒައިނާ
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ
ބްރޯޑްކޮމްގެ ސޮފްވާން އާއި ޒައިނާ ވަކިކުރަން ހުށައަޅައިފި
ހުށައެޅުން ހުށައެޅުއްވީ މީކާއިލް
ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމަށް ވިސާމް ވަނީ ގޮވާލާފައި

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބް ރައީސް ފާތިމަތު ޒައިނާ އާއި، އެ ކޮމިޝަންގެ މެމްބަރު އަބްދުﷲ ސޮފްވާން މަގާމުން ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށައަޅައިފިއެވެ.

ފާއިތުވި ފަސް އަހަރު ދައުލަތުގެ މީޑިޔާ ސަރުކާރުން ހިސޯރުކޮށްފައި އޮތުމާއި، މިނިވަން މީޑިޔާތައް ހިންގުމަށް ކޮމިޝަނުން ހުރަސްއަޅާފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ބުދަ ދުވަހު މިނިވަން މުއްސަސާތަކާ ބެހޭ ކޮމިޓީއަށް ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކޮށް އެ ކޮމިޓީގެ މެމްބަރުންނާ ވަނީ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. އަދި ބްރޯޑްކޮމްގެ ބައެއް މެމްބަރުން ވަނީ ކުރިން ގޯސްތަކެއް ހެދިފައިވާ ކަމާށާއި، މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ ވަކި ފަރާތަކަށް ބުރަވެގެން މަސައްކަތް ކޮށްފައިވާކަމަށް އަމިއްލަ އަށް ޢިއުތިރާފްވެ ވަޑައިގެންފައެވެ.

ބްރޯޑްކޮމްގެ މެމްބަރުން ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށައެޅުއްވީ، ޒައިނާ އާއި ސޮފްވާން މަގާމުން ވަކިކުރުމަށެވެ. މީކާއިލްގެ ނިންމުމަށް ވެލިދޫ ދާއިރާގެ އަބްދުﷲ ޝަފީގް ވަނީ ތާއިދުކުރައްވާފައެވެ.

ސޮފްވާން ވަކި ކުރުމަށް ހުށައަޅާފައިވާއިރު ވަޒީފާގެ މަސްއޫލިއްޔަތުން އަދާނުކުރައްވާ މުސާރަ ނަންގަވާތަ ހަމަސް ވަނީ ވެފައެވެ. ޒައިނާ ނައިބް ރައީސް ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ ސޮފްވާން އެ މަގާމުން ވަކިކުރުމުންނެވެ. އެހެން ނަމަވެސް އޭނާ އަދިވެސް ހުންނެވި އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައެވެ.

Advertisement

މިކާއިލް ވަނީ ކޮމިޓީގައި ޒައިނާއާ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން ރަސްފަންނުގައި ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނު ހަރަކާތެއްގައި ޒައިނާ ބައިވެރިވެވަޑައިގެންނެވިތޯ ސުވާލު ކުރެއްވިއެވެ.

އެ ތުހުމަތުތައް ދޮގުކުރައްވަމުން ޒައިނާ ވިދާޅުވީ، އެއީ އިސް ރަށްވެހިންނަށް ހާއްސަކޮށްގެން ބޭއްވި ހަފްލާއެއް ކަމަށާއި، އެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވީ ކެމްޕޭނު ކުރުމުގެ ނިޔަތުގައި ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ރެކިވަޑައިގެންފައެވެ. ތަކުރާރުކޮށް އެހެން މެމްބަރުން ސުވާލުކުރެއްވުމުން ވެން ޒައިނާ ވިދާޅުވީ އެއީ ކެމްޕޭނު ހަރަކާތެއް ނޫން ކަމަށެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް އުޅުނު ދުވަސްވަރު ބްރޯޑްކޮމް އިން ރާއްޖެޓީވި ޖުރިމާނާ ކުރުމާއި ގުޅިގެން އެ ފައިސާ ހޯދަން އުޅުއްވި ދުވަސްތައް ހަނދާނަށް ގެންނަވަމުން ގަމު ދާއިރާގެ މެމްބަރު ވަނީ ބްރޯޑްކޮމްގެ ހުރިހާ މެމްބަރުން ދެއްވުމަށް އިސްތިއުފާ ދެއްވުމަށް ގޮވައިލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
20 ޖޫން 2019 | ބުރާސްފަތި 20:06
ނައީ
ހުވާ މީ ހާދަ ފޫހިވައްތަރަކަށް ހުރި ފިރިހެނަކާއި އަންހެނެކޭ. ވަރަށް ފޫހިކަރުވާ