Advertisement
ކ. މާލެ
|
19 ޖޫން 2019 | ބުދަ 19:29
މަހަށްދާ އުޅަނދުތަކެއްގައި ބަޔަކު މަސައްކަތް ކުރަނީ
މަހަށްދާ އުޅަނދުތަކެއްގައި ބަޔަކު މަސައްކަތް ކުރަނީ
ޝުއައިބް މުހައްމަދު އިގްބާލް
އަގުހެޔޮ ޑީސަލް މަސްވެރިންނަށް
އިމްޕޯޓް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ޕްރޮގްރާމްގައި ސަޕްލަޔަރުން ބައިވެރިވުމަށް ހުޅުވާލައިފި
ޑީސަލް ލިބޭނީ ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި
ސަރުކާރުން މަސައްކަތް ކުރަނީ އެޕެއް މެދުވެރިކޮށް އެކަން ކުރުމަށް
ޕްރޮގްރާމްގައި ބައިވެރިވުމަށް އާންމުކޮށް މަސްވެރިންނަށް ހުޅުވާލާނެ

މަސްވެރިންގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން، އިމްޕޯޓް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ގަތުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ސަޕްލަޔަރުންނަށް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ޑީސަލް ސަޕްލައިކުރާ ފަރާތްތަކުން މިނިސްޓްރީން ދޫކުރާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އެ މިނިސްޓްރީއަށް ހުށައެޅުމަށެވެ. އެޕްލިކޭޝަން ފޯމު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުންނާއި ރަސްމީގަޑިތަކުގައި މިނިސްޓްރީން ލިބޭނެއެވެ.

ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކުމަށް ހަމަޖެހިފައި ވަނީ އެ މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސެންސް އޮންނަ އުޅަނދުތަކަށް އެކަނި ކަމަށެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މަސްވެރިކަން ކުރާ އުޅަނދުތަކުން، އެ މިނިސްޓްރީން ލައިސެންސް ނެގުމަށް އެދިފައެވެ.

Advertisement

ފިޝަރީޒް މިނިސްޓްރީން މި މަސައްކަތް ކުރަން ނިންމާފައިވަނީ ސްމާޓް ފޯނު އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެގޮތުން އެ އެޕްލިކޭޝަން ޓެސްޓްކުރުމުގެ މަސައްކަތް މިފްކޯއާ ގުޅިގެން މި ހިނގާ ޖޫން މަހުގެ ތެރޭގައި ކުރިޔަށް ގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އެޕްލިކޭޝަން ޓެސްޓް ކުރުމަށް ފަހު، މަސްވެރި އުޅަނދުތަކަށް ޑީސަލް ދޫކުރަން އާންމުކޮށް ހުޅެވާލެވޭނެއެވެ.

މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަރުކާރުން ވަނީ އެކަން ކުރެވޭނެ އުސޫލު ގެޒެޓުގައި އާންމުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް