Advertisement
ކ. މާލެ
|
19 ޖޫން 2019 | ބުދަ 19:25
ނައިބު ރައީސް ފައިޞަލް ނަސީމް، ހިރިލަންދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން
ނައިބު ރައީސް ފައިޞަލް ނަސީމް، ހިރިލަންދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ނައިބު ރައީސް
ނައިބު ރައީސް ހިރިލަންދޫ ކައުންސިލްް މެމްބަރުންނާއި ބައްދަލުކުރައްވައިފި
ހިރިލަންދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ނައިބު ރައީސަށް އެރުވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ތ. ހިރިލަންދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ބުދަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހިރިލަންދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، އެ ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރެއްވިއެވެ. އެގޮތުން ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދިނުމަށާއި، ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެއް ބަހައްޓުމުގެ މުހިންމުކަމާއި، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމުގެ އިތުރުން، ރަށުގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ވަނީ ޙިއްޞާ ކުރެއްވިއެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކަމާގުޅޭ ވުޒާރާތަކާއި ގުޅިގެން ކައުންސިލުން ފާހަގަކުރެއްވެވި މައްސަލަތަށް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އިޖުތިމާޢީ އަދި ތަރައްޤީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަ ކުރެއްވިއެވެ. އަދި، ކައުންސިލުން ވީހާވެސް ބޮޑަށް ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ކައުންސިލް މެންބަރުންނަށް އެރުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް