Advertisement
ކ. މާލެ
|
19 ޖޫން 2019 | ބުދަ 18:04
މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިސް ބޭފުޅުންނާ ނައިބު ރައީސް ފައިޞަލް ނަސީމް ބައްދަލުކުރައްވުން
މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިސް ބޭފުޅުންނާ ނައިބު ރައީސް ފައިޞަލް ނަސީމް ބައްދަލުކުރައްވުން
ރައީސް އޮފީސް
ނައިބުރައީސް
މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި
ރެޑް ކްރެސެންޓް ހިންގުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް ނައިބު ރައީސާއި ހިއްސާކުރި
ރާއްޖެގައި ރެޑް ކްރެސެންޓްގެ 10 ބްރާންޗް ހަރަކާތްތެރިވޭ

މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބުދަ ދުވަހުގެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އާއިޝަތު ނޫރާއާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބޯޑް މެމްބަރ އާރިފް ރަޝީދާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި، މޯލްޑިވްސް ރެޑް ކްރެސެންޓް ހިންގުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ 10 ބްރާންޗް ހަރަކާތްތެރިވަމުންދާއިރު އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބްރާންޗް ހިންގުމަށް ބޭނުންވާ ބިމުގެ ދަތިކަން ކަމުގައި ރެޑް ކްރެސެންޓްގެ އިސްބޭފުޅުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން ރާއްޖޭގައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މޯލްޑިވްސް ރެޑް ކްރެސެންޓުން ފާހަގަކުރައްވާފައިވާ ކަންތައްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ޙައްލުކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް