Advertisement
ކ. މާލެ
|
19 ޖޫން 2019 | ބުދަ 16:11
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އިސްލާހް ހުށަހެޅުއްވީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އިސްލާހް ހުށަހެޅުއްވީ އާޒިމް
ޝުއައިބް މުހައްމަދު އިގްބާލް
މަޖިިލިސް 2019
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ހުށަހެޅި އިސްލާހް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި
އާޒިމް ހުށަހެޅުއްވި ތިން އިސްލާހުވެސް ވަނީ ފާސްކޮށްފައި
ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ 66 މެމްބަރުންގެ ވޯޓުން
މަޖިލީހުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރި މައްސަލަ ބެލުމަށް ހުށަހެޅި ،އިސްލާހު ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުން

ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަތޯ ބަލަން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގެންނަން ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަތޯ ބަލަން، ފެންނަ ކަމަށް 66 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

މި މައްސަލައިގެ އިތުރުންވެސް، އިތުުރު ދެ ހުށަހެޅުމެއް އަލީ އާޒިމް ވަނީ ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހަޅުއްވާފައެވެ. އާޒިމްގެ ދެވަނަ ހުށަހެޅުއްވުމަކީ ސުޕްރީމް ކޯޓުން މަޖިލީހާ ގުޅޭގޮތުން މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު، މަޖިލީހުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރި މައްސަލަ ބެލުމަށެވެ. އާޒިމްގެ އެ ހުށަހެޅުން ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ.

Advertisement

އާޒިމް ހުށަހެޅުއްވި ތިންވަނަ ހުށަހެޅުމަކީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އެއްވެސް ކޮރަޕްޝަނުގެ އަމަލެއްވޭތޯ، ޖޭއެސްސީން ބަލައިދެއްވުމަށެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓުންނެވެ.

ބުދަ ދުވަހުގެ ޖަލްސާގެ ބަހުސް މަރްހަލާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވެފައިވަނީ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް ބަސް ކިޔުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށާއި، ގާނޫނު އަސާސީން އެ ބާރު އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި އިންސާފު އޮތީ ގަނެވިއްކާ އެއްޗަކަށް ވެފައި ކަމަށާއި، ކޯޓްތަކަށް ވިޔަފާރީގެ ބޮޑު މައްސަލައެއް ހުށަހެޅިގެން ވަކާލާތު ކުރުވަނީނަމަ، ކޯޓް އޮންނަނީ ބިޑަށް ހުޅުވާލެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ މަތީ ބިޑް ހުށަހަޅާ ފަރާތައް އެކަން ވާން އޮންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ފަހަރެއްގައިވެސް އެ ނިންމާ ނިންމުމަކީ ސައްހަ ނިންމުމެއްތޯ، ކިހާވަރެއްގެ ގެއްލުމެއް ރައްޔިތަކައް ވޭތޯ ބެލުމެއް އެތާ ތެރެޔަކު ނޯވޭ. އެތަން އޮންނަނީ ބިޑް އޮފީހަކަށް ބަދަލުކުރެވިފައި. ނޫނީ ނީލަން ފިހާރައަކަށް ބަދަލުކުރެވިފައި. އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް އެތަނުގެ ކަންކަން. މި އޮންނަނީ ނިމޭ ގޮތް ވެފައި."
އަލީ އާޒިމް
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް