Advertisement
ކ. މާލެ
|
19 ޖޫން 2019 | ބުދަ 15:08
ބިލް ފާސްކޮށްފައިވަނީ ބުދަ ދުވަހު
ބިލް ފާސްކޮށްފައިވަނީ ބުދަ ދުވަހު
މަޖިލިސް
ރިޔާސީ ކޮމިޝަން
ރިޔާސީ ކޮމިޝަނަށް ބާރުދިނުމުގެ ބިލް ފާސްކޮށްފި
ބިލަށް 67 މެންބަރުން ވޯޓް ދެއްވި
މި މައްސަލަ 18 ވަނަ މަޖިލީހުގައި ވެސް އެތައް ފަހަރަކު ތާވަލްކުރި
ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް މި ބިލުން ލިބިގެންދާނެ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލާފައިވާ ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލް ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރިޔާސީ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ކަނޑައަޅާފައިވާ މި ބިލް ފާސްކޮށްފައި ވަނީ 67 މެންބަރުންގެ ތާއީދާ އެކުގައެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންއެވެ. އެ ބިލް 18 ވަނަ މަޖިލީހަށް ވެސް ސަރުކާރުން ހުށަހެޅިއެވެ. 18 ވަނަ މަޖިލީހަށް ވެސް މި ބިލް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުއެވެ. ހަތަރު ފަހަރު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ވެސް އަށާރަ ވަނަ މަޖިލީހުން މި ބިލް ފާސްކޮށްފައެއް ނުވެއެވެ.

Advertisement

މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަން އުފެއްދެވީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުންފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް