ކ. މާލެ
|
19 ޖޫން 2019 | ބުދަ 03:01
ކާގޯ ޓަރމިނަލް
ކާގޯ ޓަރމިނަލް
އެމްއޭސީއެލް
ކާގޯ ޓަރމިނަލް
ކާގޯ ޓަރމިނަލްގެ ސްޓްރަކްޗަރ ނިމިއްޖެ: އެމްއޭސީއެލް
މި ޓަރމިނަލް ކޮމްޕްލެކްސް އިން އަހަރަކު 120،000 ޓަނުގެ މުދަލަށް ޚިދުމަތް ދެވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ އާ ކާގޯ ޓާމިނަލްގެ ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލުން) ބުނެފިއެވެ.

ކާގޯ ޓަރމިނަލްގެ ސްޓްރަކްޗަރ ނިމި ފުރާޅު އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށާއި ޓަރމިނަލުގައި މިހާރު ނުނިމި ހުރީ ފްލޯތައް ވަކިކުރުމަށް ޝީޓު އެޅުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަލަށް ޤާއިމްކުރާ ކާގޯ ޓަމިނަލް ކޮމްޕްލެކްސްއަކީ 12000 އަކަމީޓަރު (129166.93 އަކަ ފޫޓު) ގެ ޓަރމިނަލް ކޮމްޕްލެކްސްއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ދެކުނު ފަރާތުގައި ޤާއިމުކުރާ މި ކޮމްޕްލެކްސްގައި އެކްސްޕޯޓް އިމްޕޯޓް ޓަރމިނަލަކާއި، އޮފީސް އިމާރާތެއް ވެސް ހިމެނޭނެއެވެ.

އެމްއޭސީއެލް އިން މަޢުލޫމާތު ދިން ގޮތުގައި، ޒަމާނީ ވަސީލަތްތަކާއި، މުދާ އުފުލާ ކެރޭނާ ވެސް އެކު ޤާއިމްކުރާ މި ޓަރމިނަލް ކޮމްޕްލެކްސް އިން އަހަރަކު 120،000 ޓަނުގެ މުދަލަށް ޚިދުމަތް ދެވޭނެއެވެ. އެއީ މިހާރު ޚިދުމަތް ދެވޭ މިންވަރަށް ވުރެ 50 އިންސައްތަ އިތުރު އަދަދެކެވެ.

މިއީ ޗައިނާގެ ބެއިޖިންގުގެ އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ގުޅިގެން 373 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

- ކޮމެންޓް