Advertisement
ކ. މާލެ
|
19 ޖޫން 2019 | ބުދަ 03:08
ރ. އުނގޫފާރު
ރ. އުނގޫފާރު
ގޫގްލް މެޕްސް
ކަނޑުމަތީގެ ހާދިސާ
އުނގޫފާރު ތޮށިމައްޗަށް ލޯންޗެއް އަރާ ތިން މީހަކަށް އަނިޔާވެއްޖެ
މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެއްސަކަށާއި ދެ ބިދޭސީންނަށް
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 14:40 ގައި

ރ. އުނގޫފާރު ތޮށިމައްޗަށް ލޯންޗެއް އަރާ ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހު މެންދުރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެއްސަކަށާއި ދެ ބިދޭސީންނަށް ކަމަށެވެ.

މި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި, ފުލުހުން ހޮސްޕިޓަލަށް ގޮސް މިހާދިސާގައި އަނިޔާވި މީހުންނާއި ބައްދަލުކޮށް އެމީހުންގެ ހާލަތު އޮޅުން ފިލުވިއިރު ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާކަމަށް މައުލޫމާތުދެއެވެ.

Advertisement

އުނގޫފާރުން "ޖޯލި މޯލްޑިވްސް ރިސޯޓް" އަށް ފުރި "ކެރީ މީ" ނަމަކަށް ކިޔާ މި ލޯންޗް ތޮއްޓަށް އަރާފައި ވަނީ ފަޅުން ނިކުތް ވަގުތު އެ ލޯންޗްގެ އިންޖީނު ހަލާކުވެ ނެރުމައްޗަށް ހުއްޓުމުގެ ސަބަބުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ލޯންޗްގައި ތިބީ ޖުމްލަ ފަސް މީހުން ކަމަށާއި އުނގޫފާރު ރައްޔިތުން ނުކުމެ މިހާރު ވަނީ ލޯންޗް ފަޅުތެރެއަށް ވައްދާފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 14:40 ގައި އުގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކަމަށާއި އެގަޑީގައި ފުލުހުން ބެލިއިރު ލޯންޗް ވަނީ ފަޅަށް ވައްދާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް