Advertisement
ކ. މާލެ
|
19 ޖޫން 2019 | ބުދަ 03:00
މާއެނބޫދޫއަށް އުދަ އަރާ ފެންބޮޑުވެފައި ވާތީ ސިފައިން އެހީ ވަނީ - ފޮޓޯ: އެމްއެންޑީއެފް
މާއެނބޫދޫއަށް އުދަ އަރާ ފެންބޮޑުވެފައި ވާތީ ސިފައިން އެހީ ވަނީ - ފޮޓޯ: އެމްއެންޑީއެފް
ވަގުތު.އެމްވީ
އުދައެރުން
މާއެނބޫދޫއަށް އުދަ އަރާ ފެން ބޮޑުވެއްޖެ
އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދިން
މާލޭގެ ބައެއް ސަރަހައްދުތަކަށް މިދިޔަ ހަފްތާ އުދައެރި

ދ. މާއެނބޫދޫއަށް އުދަ އަރާ އެރަށުގެ ބައެއް ސަރަހައްދުތަކުގައި ބޮޑަށް ފެންބޮޑުވެއްޖެއެވެ. .

އެމްއެންޑީއެފް އިން ބުނީ މާއެނބޫދޫއަށް އުދަ އަރާ އެރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓަރަލް އޭރިޔާ ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޯށްދޭން ފަށާފައިވާ ކަމަށެވެ.

އުދަ އެރުމުގެ ސަބަބުން އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވި ނަމަވެސް، އެއްވެސް މީހަކަށް އަދި އެއްވެސް ގެއަކަށްވެސް ފެންބޮޑު ވުމުގެ އަސަރު މިހާތަނަށް ނުކުރާކަމަށް މައުލޫމާތެއް ލިބިފައިވެއެވެ.

މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާ ފެންބޮޑުވެފައި ވެއެވެ. އަދި މިދިޔަ ފަސް ދުވަހެއްގެ ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އަރާފައި ވެއެވެ.

Advertisement

މީގެ އިތުރުންވެސް މި ޖޫންމަހުގެ 15 ވަނަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދައަރާފައި ވެއެވެ.

އެންމެ ބޮޑަށް އުދަ އަރާފައި ވަނީ ކާނިވާ ސަރަހައްދަށާއި ހެންވޭރު ރާޅުގަނޑު ސަރަހައްދާއި، އިންޑަސްޓްރިއަލް ޒޯނަށެވެ. މިތިން ސަރައްދަށް ވެސް އުދައަރާ, އެހިސާބުގެ މަގުތަކުގައި ލޮނުގަނޑު ހެދުނެވެ

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން ބުނީ، މިއީ ކޮންމެ އަހަރެއްގެ މިދުވަސްކޮޅު އަރާ މޫސުމީ އުދައެއް ކަމަށެވެ. އަދި ޚާއްސަކޮށް މާލޭގެ ކާނިވާ ސަރަހައްދާއި، ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުން ދާތީ އެކަމާ ގުޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް މާލޭ ސިޓީ ކައުންސިލުން އަޅަމުން އަންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް