Advertisement
ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 14:52
ފަނޑިޔާރު ދީދީ
ފަނޑިޔާރު ދީދީ
ރާއްޖެ އެމްވީ
ަފަނޑިޔާރު އަބްދުﷲ ދީދީ
ފަނޑިޔާރު ދީދީގެ އިތުރު ތިން މައްސަލައެއް، ޖުމްލަ ފަސް މައްސަލަ: ޖޭއެސްސީ
ދީދީ ބޭނުންފުޅުވާ ނަމަ އެ މައްސަލަތައް ވެސް ގެންދާނީ އާއްމުކޮށް ހުޅުވާލައިގެން ކަމަށް ވިދާޅުވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު ތިން މައްސަލައެއް ބަލަމުންދާ ކަމަށާއި، މިހާރު އެ ކޮމިޝަނުން ބަލަމުން ދަނީ ދީދީގެ ފަސް މައްސަލަ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ދީދީއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީ އަށް ހުށައެޅި، އެ މައްސަލަ ތަހުގީގު ކުރުމަށް ހޯމަ ދުވަހުގެރޭ ދީދީ ވަނީ ޖޭއެސްސީ އަށް ހާޒިރުވެވަޑައިގެންފައެވެ.

އެ ދެ މައްސަލައަކީ ވެސް ދީދީއާ ގުޅުން ހުރި ސުލޫކީ މައްސަލަތަކެެވެ.

Advertisement

އަންގާރަ ދުވަހު ޖޭއެސްސީން ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ކޮމިޝަންގެ ޑިރެކްޓަރު މުއުމިނާ އުމަރު ވިދާޅުވީ، އެ ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުންދާ ދެ މައްސަލައިގެ އިތުރުން އިތުރު ތިން މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.

އެބޭފުޅާ (ދީދީ) އާ ގުޅިގެން ހުށައެޅިފައި ހުރި އިތުރު ތިން މައްސަލައެއް އެ ކޮމިޓީން ކުރިޔަށް ގެންދާ ގޮތަށް. މި ހުރިހާ ކަމެއް ވެސް ނިމުނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން،"
ޖޭއެސްސީ ޑިރެކްޓަރ މުއުމިނާ އުމަރު

މުއުމިނާ ވިދާޅުވީ ދީދީގެ ދެ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު، ދީދީ ބޭނުންފުޅުވާ ނަމަ އެ ތިން މައްސަލަ ވެސް ކުރިޔަށް ގެންދާނީ ހުޅުވާލައިގެން ކަމަށެވެ.

އެހެން ނަމަވެސް އެއީ ކޮން ތިން މައްސަލައެެއް ކަމެއް މުއުމިނާ ވިދާޅެއްނުވެއެވެ. ފަނޑިޔާރު ދީދީގެ މައްސަލަ ބަލަން ޖޭއެސްސީން ވަނީ ކޮމިޓީއެއް އެކުލަވައިލާފައެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް