Advertisement
ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 02:32
ފަނޑިޔާރު ދީދީ ވަކީލުންނާއި އެކު
ފަނޑިޔާރު ދީދީ ވަކީލުންނާއި އެކު
ރާއްޖެ އެމްވީ
ފަނޑިޔާރު އަބްދުﷲ ދީދީ
ހުޅުވާލައިގެން ތަހުޤީޤް ކުރިއަށްގެންދެވުމަށް ފަނޑިޔާރު ދީދީ އެދިވަޑައިގެންފި
ދީދީ ވަނީ ތަހުގީގަށް އެއްބާރުލުން ދެއްވާފައި
ޖޭއެސްސީ އަށް ވަޑައިގެންނެވީ 23:30 ގައި
މައްސަލަ ބަލާ ކޮމެޓީން ކޮމިޝަންގެ ތިން މެމްބަރަކު ވަނީ ތަނައްޒުލްވެވަޑައިގެންފައި

އާއްމުންނަށް ހުޅުވާލައިގެން ތަހުޤީޤްކުރިއަށްގެންގޮސްދެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްސަލަބަލާ ކޮމެޓީގައި އެދިވަޑައިގެންފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ ދެ މައްސަލައެއް ޖޭއެސްސީން ތަހުޤީޤްކުރަމުން އަންނައިރު، އެ މައްސަލަތަކުގެ ބަޔާން ނެގުމަށް ޖޭއެސްސީގެ ކޮމެޓީއަށް ފަނޑިޔާރު އަބްދުﷲ ދީދީ ހާޒިރުވުމަށް އެންގީ ހޯމަ ދުވަހުގެރޭ 11:30 އަށެވެ. ފަނޑިޔާރު ދީދީ އާއިއެކު އޭނާގެ 3 ވަކީލުންވެސް ޖޭއެސްސީގެ ތަހުޤީޤް ކޮމެޓީއަށް ވަޑައިގެންނެވި އެވެ.

Advertisement

ތަހުޤީޤަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު، ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ 00:13 ކަންހާއިރު، ޖޭއެސްސީން ނިމުވަޑައިގެންފަ އެވެ.

ހައިކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދީދީގެ ވަކީލް އާދަމް އާސިފް ވިދާޅުވީ، ތަހުގީގު ފެއްޓެވުމާއި އެކު ދީދީ ޖޭއެސްސީގެ ކޮމެޓީގައި އެދިވަޑައިގެންފައިވަނީ، އާންމުންނަށް ހުޅުވައިލައިގެން ތަހުގީގު ކުރިޔަށް ގެންގޮސްދެއްވުމަށްކަމަށެވެ.

މިރޭ ތަހުގީގު ފެއްޓެވުމާއި އެކުގައި ފަނޑިޔާރު އަބްދުﷲ ދީދީ ބޭނުންފުޅުވެ ވަޑައިގަތީ އާއްމުންނަށް ހުޅުވާލައިގެން މީޑިއާ އަށްވެސް ބައިވެރިވެވޭ ގޮތަށް އެބޭފުޅާގެ ނަޒާހަތްތެރިކަން އަދި ތަހުގީގު ކުރިޔަށް ގެންދާ ގޮތް މުޅި ރައްޔިތުންނަށް ވެސް އެގޭ ގޮތަށް ކަށަވަރު ކޮށްދެވޭ ގޮތަށް މި ތަހްގީގު ކުރިޔަށް ގެންދިޔުމަށް.
އާދަމް އާސިފް / ފަނޑިޔާރު ދީދީގެ ވަކީލު

ތަހުގީގަށް ހާޒިރުވާން ޖޭއެސްސީގެ ކޮމެޓީން އެދިވަޑައިގަންނަވާ ކޮންމެ ވަގުތެއްގައިވެސް ފަނޑިޔާރު ދީދީ ވަޑައިގަންނަވާނެކަން ފާހަގަކޮށް ވަކީލް އާސިފް ވިދާޅުވީ ރަށުން ބޭރަށް ފުރާވަޑައިގަންނަވާ ނަމަ ޖޭއެސްސީއަށް ފަނޑިޔާރު އަންގަވާނެކަމަށް ވިދާޅުވި ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޖޭއެސްސީގެ ޑިރެކްޓަރ ހަސާން ޒަހީން ވިދާޅުވީ، ހުޅުވާލައިގެން ތަހުގީގު ކުރިޔަށް ގެންދެވޭނީ ޖޭއެސްސީގެ ގާނޫނުގައި ބުނާ ގޮތުންނަމަ އެ ކޮމިޝަނުން އެކަން ނިންމައިގެންކަމަށެވެ. އެހެންކަމުން އާންމުކޮށް ޝަރީއަތް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމާއި ބޭހޭ ގޮތުން ކޮމިޝަނުން ގޮތެއް ނިންމާއި އެކަން ހާމަކުރާނެ ކަމަށް ޒަހީން ވިދާޅުވިއެވެ.

އެބޭފުޅުންވެސް (ދީދީގެ ވަކީލުން) އެދިވަޑައިގަތްގޮތަށް ކޮމިޝަންގެ ރޫހަކީ ހުޅުވާލައިގެން ފަނޑިޔާރު އެދިވަޑައިގެންނެވި ގޮތަށް ފަނޑިޔާރުގެ ސުލޫކީ މައްސަލަ ކުރިޔަށް ގެންދިޔުން ކަމަށް ވާތީވެ އެ ރޫހުގައި ހުރިމާ މިރޭ ދެން އިތުރަށް ކޮމިޓީ ކުރިޔަށް ނުގެންދަވާ ނިންމަވައިލެއްވީ ކޮމިޝަނުން ގޮތެއް ނިންމެވުމަށް.
ހަސާން ޒަހީން / ޖޭއެސްސީގެ ޑިރެކްޓަރ

ހޯމަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 35 ވަނަ ބައްދަލުވުމުގައި ނުވަ މެމްބަރަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ބައްދަލުވުމުން ނިންމީ ދީދީގެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވައިލުމަށެވެ. ނަމަވެސް ޖޭއެސްސީގެ ތިން މެމްބަރަކު ވަނީ އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވުމަށް ތަނާޒުލްވެވަޑައިގެންފަ އެވެ. އެ ތިން މެމްބަރުންނަކީ ކޮމިޝަންގެ ރައީސް އަބްދުﷲ އާރިފް އާއި އަބްދުލް ހަންނާނު އަހުމަދުގެ އިތުރުން ކޮމިޝަންގެ މެމްބަރު ލަތީފާ ގާސިމްއެވެ.

ޖޭއެސްސީން ބުނިގޮތުގައި އެ ކޮމިޝަނުން ބަލަނީ ފަނޑިޔާރު ދީދީގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައިވާތީ އެކަމުގައި ސުލޫކީ މައްސަލައެއް އޮތްތޯ އެވެ. އަދި ދެވަނަ މައްސަލައެއްގެ ގޮތުން ބަލަނީ ފަނޑިޔާރު ދީދީ ސަސްޕެންޑްކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވާތީ އެ މައްސަލަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
18 ޖޫން 2019 | އަންގާރަ 13:31
ސަހަރޯއޭ
ސަހަރޯއޭ ހިތައް އަރާބާ މިހާރު؟
18 ޖޫން 2019 | އަންގާރަ 10:39
ޖަންގަލީ
ޑީޑި ވީމަ ހުޅުވަާލާގެން