Advertisement
ކ. މާލެ
|
17 ޖޫން 2019 | ހޯމަ 13:22
މަޖިލީހުގެ އާ އިމާރާތް
މަޖިލީހުގެ އާ އިމާރާތް
މުހައްމަދު ޝަރުހާން
ަމަޖިލިސް 2019
އާ އިމާރާތުގެ ދެ ކޮމިޓީ ކޮޓަރި އިފްތިތާހް ކުރުން މިރޭ
މަޖިލީހުގެ ކޮމިޓީތަކުގެ އަދަދު ވަނީ 17 އަށް ބަދަލުކޮށްފައި
ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ނަޝީދު ގެންދަވަނީ ބައްލަވަމުން

ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތުގެ ދެ ކޮމިޓީ ކޮޓަރި އިފްތިތާހުކުރުން މިރެއަށް ހަމަޖައްސައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހޯމަ ދުވަހުގެ ރޭ މަޖިލީހުގެ އާ އިމާރާތުގެ ކޮމިޓީ ކޮޓަރި ނަމްބަރު 4 އަދި 5 ބޭނުންކުރުމުގެ ހުރިހާ ތައްޔާރީތައްވެ ނިމިފައިވާ ކަމަށެވެ. އަދި އެ ކޮޓަރިތަކުގައި ކޮމިޓީތައް ހޯމަ ދުވަހުގެ ރޭ ކުރިއަށްދާނެއެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާކޮށް ކުރިއަށް ގެންދެވުމަށް މަޖިލީހުގެ އާ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.

Advertisement

19 ވަނަ މަޖިލީހުގައި ވަނީ ކޮމިޓީތަކުގެ އަދަދު 15 ކޮމިޓީން 17 ކޮމިޓީއަށް ބަދަލުކޮށްފައެވެ. މަޖިލީހުގައި މުޅިން އަލަށް އެކުލަވާލެވުނު ކޮމިޓީތަކަކީ ސްޓޭޓް އޯންޑް އެންޓަރ ޕްރައިޒަސް ކޮމިޓީ، ޖުޑިޝަރީ ކޮމިޓީ،އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ،ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ، ލާމަރުކަޒީ ކޮމިޓީ، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއެވެ.

މަޖިލީހުގައި ހިމެނޭ ކޮމިޓީތައް

އިގްތިސާދީ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ޖުޑިޝަރީ ކޮމިޓީ

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ

އިމްތިޔާޒް އަދި ،ސުލޫކު ކޮމިޓީ

ގަވައިދު ކޮމިޓީ،ލާމަރުކަޒީ ކޮމިޓީ،އާންމު ކޮމިޓީ

އިޖުތިމާއީ ކޮމިޓީ

ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީ

ޕެޓިޝަން ކޮމިޓީ

241 ކޮމިޓީ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް