Advertisement
ކ. މާލެ
|
17 ޖޫން 2019 | ހޯމަ 09:54
މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް
މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް ފަށައިފި
މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދާނެ
ކެނބިނެޓުގެ ވަޒީރުން މިފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާ
މިއީ ދެދުވަހަށް ކުރިއަށް ގެންދާ ފޯރަމެއް

ދިވެހި ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދީ، ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް ފަށައިފިއެވެ.

ހޯމަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ފެށި މިފޯރަމް، އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.

Advertisement

މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިޔަށްގެދާ ފޯރަމެކެވެ. މި ފޯރަމުގެ ތީމަކީ "އިންވެސްޓިންގ އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" އެވެ.

މިފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެެ. މި ސެޝަންތަކުގައި ރާއްޖެއިން އިގްތިސާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިގްތިސާދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާ ގޮތް ފޯރަމުގެ ބައިވެރިންނާއި ހިއްސާކުރެވޭނެއެވެ. މީގެ ތެރޭގައި ނޫ އިގްތިސާދުގެ ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާ ބެހޭ މައުލޫމާތު ފޯރަމުގެ ބައިވެރިންނާ ހިއްސާކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް