Advertisement
ކ. މާލެ
|
17 ޖޫން 2019 | ހޯމަ 13:14
ރައީސް ސޯލިހު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ސޯލިހު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019
ޖަޒީރާ ރާއްޖެއަކަށް ވީ ވައުދު ފުއްދޭނީ ބޭރުގެ އެހީއާ އެކު: ރައީސް ސޯލިހު
ޖަޒީރާ ރާއްޖެއަކީ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތެއް: ރައީސް
ހުރިހާ ރައްޔިތުންނަށް ތަރައްގީގެ ހިއްސާ ފޯރުކޮށް ނުދެވޭކަމަށް ވިދާޅުވި
ރަށް ތަރައްގީ ކުރާނޭ އެންމެ މޮޅު ގޮތް އެނގޭނީ އެރަށެއްގައި ދިރިއުޅޭ ބަޔަކަށް: ރައީސް

"ޖަޒީރާ ރާއްޖެ"އަކަށް ވީ ވައުދު އަމިއްލަ އިޙްތިޔާރުގައި ނުފުއްދޭނެ ކަމަށާއި، އެ ވައުދު ފުއްދޭނީ ބޭރުގެ ބައިވެރިންގެ އެހީތެރިކަމާ އެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019 އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ޖަޒީރާ ރާއްޖެއަކަށް ކުރާ ދަތުރުގައި ބޭރުގެ ބައިވެރިންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މި ފަހަރުގެ ފޯރަމުގައި ބައިވެރިވާން ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު އައިސްފައިވާކަން ފާހަގަކޮށް، މިހާރު ވެސް އެ ފަރާތްތަކުގެ ބައިވެރިވުމާ އެކު އެކި ދާއިރާތަކުން މަޝްވަރާތައް ކުރެވެމުންދާ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ޖަޒީރާ ރާއްޖެއަކީ ދިވެހި ރައްޔިތުންނަށް ވީ ވައުދެއް ކަމަށެވެ. ދިވެހިންގެ ދިރިއުޅުން ބައްޓަން ކުރުމުގައި ދިވެހިންގެ ޖަޒީރާ ރަށްތަކާއި ލިބިފައިވާ ގުދުރަތީ ވަސީލަތްތައް މުހިންމު ރޯލެއް އަދާކޮށްފައިވާ ފާހަގަކުއްވަރަމުން ރައީސް ވިދާޅުވީ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް، އެ ގުދުރަތީ ވަސީލަތްތަކަށް ގެއްލުން ނުވާނެ ގޮތަކަށް ތަރައްގީ ގެނައެން މުހިންމު ކަމަށެވެ. އަދި ދިވެހިންގެ ތަނަވަސް ދިރުއުޅުން އެގޮތުގައި ދެމިއޮތުމަށް، މިކަން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ގުދުރަތީ ވަސީލަތްތަކަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވީ ނަމަވެސް، ގުދުރަތީ ބާރުތަކުން ރާއްޖެއަށް އޮތް ނުރައްކާ ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ އެކު ގެއްލުން ބޮޑު ގުދުރަތީ ކާރިސާތައް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ބޭރުން އެތެރެކުރާ ތެލާއި ކާނާ އަށް ބަރޯސާވެފައިވާ ގައުމެއް ކަމުން، ބައިނަލްއަގްވާމީ މުޖުމަތައުގައި ދިމާވާ ކަންކަމުން ވެސް އެންމެ ތަހައްމަލު ކުރަން ޖެހޭ އެއް ގައުމަކީ ދިވެހިރާއްޖެ ކަން ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ކަންކަން މިހެން ހުރުމާ އެކު ދިވެހި އާބާދީ އާއި އިހްތިސޯދު ބަރޯސާވަނީ ސަރުކާރު ހިންގުމުގެ ރަނގަޅު ނިޒާމަކަށް ކަމަށެވެ.

Advertisement

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިރާއްޖެ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، އެ ތަރައްގީ ހުރިހާ ރައްޔިތުންނަށް ހަމަޔަށް ވާސިލްނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތަކީ މިކަމަށް ބަދަލުގެނެސް، ޒަމާންތަކެއް ވަންދެން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ބައެއް އަސާސީ ހިދުމަތްތަކަށް މާލެއަށް ވެފައި އޮންނަ ބަރޯސާ ނައްތާލެވޭނެ ކަމެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އިގްތިސާދީ ތަރައްގީ އާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ވާނީ ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް ކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ބައެއްގެ އަމިއްލަ އަތޮޅާއި ރަށް ތަރައްގީ ކުރާނެ އެންމެ ރަނގަޅު ގޮތް އެނގޭނީ އެ ތަނެއްގައި ދިރިއުޅޭ ބަޔަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަމާޒަށް ވާސިލްވުމުގެ ގޮތުން ރަށު ކައުންސިލްތަކަށް މާލީ މިނިވަންކަން ދިނުމަށް ކައުންސިލްތަކާ ގުޅިގެން ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރުނބާ އައިލެންޑް ރިސޯޓުގައި ކުރިޔަށްދާ ފޯރަމްގައި، 32 ގައުމެއްގެ މަންދޫބުންނާއި 27 ޖަމިއްޔާއަކުން ބައިވެރިވެފަައިވެއެވެ. މި ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ކެބިނެޓުގެ ހުރިހާ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާ ވާހަކަފުޅު ދައްކަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް