Advertisement
ކ. މާލެ
|
17 ޖޫން 2019 | ހޯމަ 10:08
އިބްރާހިމް ފަޒީލް
އިބްރާހިމް ފަޒީލް
ސޯޝަލް މީޑިއާ
އިބްރާހިމް ފަޒީލް
ފަޒީލްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
އޭނާ ހައްޔަރުކުރީ މެއި 6 ވަނަ ދުވަހު ހުޅުމާލެއިން
ފަޒީލްއަށް ކުށުގެ ގިނަ ތުހުމަތުތައް ކުރޭ

މީހަކު ރަހީނު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ފަޒީލްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ ފަޒީލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރެއިން މެއި 02 ވަނަ ދުވަހުގެ ރޭ ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކާ، ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅުނުކަމުގެ މައްސަލަ މި މަހުގެ 16 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލާގައި މެއިމަހުގެ 6 ވަނަ ދުވަހު ފަޒީލު ހައްޔަރު ކުރީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށެވެ.

Advertisement

ފަޒީލަކީ މީގެ ކުރިން އެކި ތުހުމަތުގައި ހައްޔަރުކުރި ފަރާތެކެވެ. އޭގެ އިތުރުން ފަޒީލަކީ ލ. ފޮނަދޫން ޑިންގީއެއްގައި ދަތުރުކުރަނިކޮށް، ގެއްލުނު އައިމިނަތު ޝިމާ ނާފިޒާ އެކު ދަތުރުކުރި ފަރާތެކެވެ.

ފަޒީލާ އެކު ކަނޑުމަގުން ޑިންގީއެއްގައި ދަތުރުކުރި ޝިމާ ގެއްލުނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. އެ ހާދިސާ ހިނގާ ދިޔަ ގޮތުން ގިނަ ބަޔަކު ފަޒީލަށް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް ފުލުހުން ހިންގި ތަހުގީގުން މާބޮޑު ކުރިއެރުމެއް ނުލިބި އޭނާ މިނިވަން ކުރިއެވެ. އޭގެ ފަހުން ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ވެސް ފަޒީލް ހައްޔަރުކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް