Advertisement
ކ. މާލެ
|
17 ޖޫން 2019 | ހޯމަ 09:12
ގެވެށި އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާނެ
ގެވެށި އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާނެ
ފާތިމަތު ޝަނާ މުހައްމަދު
ގެވެށި އަނިޔާ
ގެވެށި އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރު ކޮށްފި
އެމީހާގެ ބައްދަށް 10 ދުވަސް ވަނީ ޖަހާފައި
އަންހެން މީހާގެ އަތަށާއި، ބޮލުގައި އަނިޔާ ފެންނަންހުރި

މާލޭގައި ގެވެށި އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ 15 ޖޫން 07:50 ހާއިރު ދެ މީހުން މާރާމާރި ހިންގައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ތަނަށް ދިޔައިރު އެއީ ރައްޓެހިވެގެން އުޅުނު ދެ މީހުންގެ ދެމެދުގައި ހިންގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ އަންހެން މީހާގެ އަތަށާއި، ބޮލުގައި އަނިޔާ ފެންނަން ހުރި ކަމަށާއި، އެ އަންހެން މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.

އެ މައްސަލާގައި އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 ޖޫން 2019 | ހޯމަ 09:35
ޢުއްތަމަ ގޮމާ
އިންސާފެއް ހަލާލެއް ޙަރާމެއް ވަކިނުވާ ބުއްދި ފިލާފައިވާ ބަޔަކު ބުނާ މުއްދަތަކަށް މީހަކު ބަންދުގައި ބެހެއްޓުމަކީ ކޮށްބާވަތެއްގެ އަނިޔާއެއްތޯ؟