Advertisement
ކ. މާލެ
|
17 ޖޫން 2019 | ހޯމަ 02:27
ޖޭއެސްސީގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ހިސާން ހުސެއިން
ޖޭއެސްސީގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ހިސާން ހުސެއިން
މަޖިލިސް
އެމްޑީޕީ ޖުޑީޝަލް ރިފޯމް
ޖުޑިޝަލް ރިފޯމްގެ މަސައްކަތް ނުހުއްޓުވޭނެ، އެއް މިސްރާބެއްގައި މަސައްކަތް ދާނީ ކުރިއަށް: ހިސާން
ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީދިން ސަބަބު ސާފުކަމަށް ވިދާޅުވި

ފަށާފައިވާ ޖުޑިޝަލް ރިފޯމްގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށާއި، ނުވެސް ހުއްޓުވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރ އަދި ޖޭއެސްސީގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާންވެސް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ނިންމުމާއި ގުޅުވައި، ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި އާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން ސަރުކާރަށާއި، މަޖިލިސްއަށް ދިން މެންޑޭޓް ވަރަށް ސާފުކަމަށެވެ. އެއީ ފަނޑިޔާރުގެ އިސްލާހްކުރުމަށްކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ، ޖުޑިޝަލް ރިފޯމްގެ މަސައްކަތް ދަނީ އެއް މިސްރާބެއްގައި ކުރިޔަށް ކަމަށާއި، އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ.

Advertisement

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ހިމެނިވަޑައިގެންނެެވިނަމަވެސް، ޖޭއެސްސީ އާއި ގުޅޭ ބައްދަލުވުންތަކުގައި ހިސާން ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އެއީ މަސްލަހަތު ފުށުއެރުމެއް އައިސްދާނެތީވެއެވެ.

އާދިއްތަ ދުވަހުގެރޭ ބޭއްވި ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ޖޭއެސްސީ ނިންމި ނިންމުމަކީ ޤާނޫނު އަސާސީ އާއި، ޤާނޫނުތަކުން އެ ކޮމިޝަނަށްދީފައިވާ ބާރުތަކުގެތެރެއިން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ ކޮޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްކޮށްފައިވެއެވެ.

ޖުޑީޝަރީ އިސްލާހްކުރުމަށް އެމްޑީޕީގެ އެޖެންޑާ 19 ގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު، އޭގެތެރޭގައި ފަނޑިޔާރު ގެޔަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހިމަނާފައިވެއެވެ. އަދި ޖޭއެސްސީ ފުރިހަމަގޮތުގައި ހަރކާތްތެރިވުމަކީ އެމްޑީޕީގެ ވައުދަކަށްވާއިރު، އެ ކޮމިޝަންގެ ޤާނޫނީ ވާޖިބު އަދާކުރުމުގެ މަސައްކަތް ފެށުމާއެކު، ސުޕްރީމް ކޯޓުން އަންނަނީ އެ މަސައްކަތްތަކަށް ހުރަސްއަޅަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް