Advertisement
ކ. މާލެ
|
17 ޖޫން 2019 | ހޯމަ 00:31
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ޖުޑީޝަރީ ކޮމެޓީ
ޖޭއެސްސީގެ ނިންމުމަށް ތާއީދުކޮށް، ޖުޑީޝަރީ ކޮމެޓީގެ ނިންމުން މަޖިލީހަށް ހުށަހަޅަން ފާސްކޮށްފި
އެގޮތަށް ފާސްކުރީ މިރޭ ބޭއްވި ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި
ކޮމެޓީ ރިޕޯޓް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޤުލަބިއްޔަތުން
ޖޭއެސްސީގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އިލްތިމާސްކުރުމަށްވެސް ފާސްކުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމި ނިންމުމަށް ތާއީދު، ޖުޑީޝަރީ ކޮމެޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމަށް ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ.

ކޮމެޓީން ނިންމި ނިންމުމުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ، އެ ކޮމިޝަނަށް ލިބިފައިވާ ޤާނޫނީ ބާރުވެރިކަމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ޖޭއެސްސީގެ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް އިލްތިމާސްކުރުމަށްވެސް ފާސްކޮށްފައިވެއެވެ.

Advertisement

ހާޒިރުވެވަޑައިގަތް މެމްބަރުންގެ ތެރެއިން ވޯޓު ނުދެއްވާ ހަމައެކަނި މެމްބަރަކީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ. ވޯޓަށް އެހުމުގެ ކުރިން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާވަނީ ކޮމިޓީ ދޫކޮށް ވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ޖޭއެސްސީން ނިންމި ނިމްމުމަކީ ސައްހަ ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށައެޅި ހުށައެޅުއްވުމަށް ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ކަމެއް ކޮމިޝަނުން ނިންމުމަށް ފަހުގައި އެކޮމިޝަނެއްގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަން ނުވަތަ ގާނޫނާ އެއްގޮތަށް ނިންމާފައިކަން ނުވަތަ ނޫންކަން ނިންމާނީ ކޯޓުތަކުން ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅޭނެ ކަމާއި މެދެ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ސުޕްރީމް ކޯޓުން ނެރެލާފައި އޮތް އަމުރެއް އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ނުފެނޭ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުން އަދި ގޯހެކޭ ބުނެފައެއް ނުވަތަ އެ ނިންމި ނިންމުމަކީ ބާތިލް ނިންމުމެކޭ ބުނެފައި އޮތްތަނެއްވެސް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވީމަ ސުޕްރީމް ކޯޓުންވެސް އަދި އެއީ ބާތިލް ނިންމުމެއް ކަމެއް ކަނޑަނާޅައި އޮއްވަ ކޮންމެހެން އޭގެ ވެލިޑިޓީއާ ދޭތެރޭގައި ވަކިއެއްޗެކޭ ސާފުކޮށް ބުނެފައި ނެތް ހިނދުގައި ރައްޔިތުންގެ މަޖިލީހުން އެއީ ރަނގަޅު އެއްޗެއްކަން ނުވަތަ ނޫންކަން އަޅުގަނޑުމެން ކަނޑައަޅަން ޖެހޭނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން'
ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން

ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ދެވަނަ ކަމަކީ، މިނިވަން މުއައްސަސާތަކާއި ދައުލަތުގެ އެއް ބާރުން އަނެއް ބާރު ގާނޫނުގެ ބޭރުން އެ ފޯރުވާ ނުފޫޒު ނުފޯރުވުމެވެ. ހަސަން ލަތީފްގެ ދެ ހުށައެޅުމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ތާއިދުކުރައްވާފަފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް