ރާއްޖޭގައި މުޅިން އަލަށް ނެސްޕްރެސޯގެ ޝޯރޫމެއް ހުޅުވައިފިއެވެ.
ޖޫން 15 ވަނަ ދުވަހުގެ ރޭ ޝޯރޫމް ހުޅުވާފައިވާއިރު މި ޝޯރޫމް ހުންނަނީ އޯކިޑްމަގުގައި މ. ދޫރެސްގައެވެ.
މި ޝޯރޫމް މެދުވެރިކޮށް ތަފާތު ކޮފީ ކެޕްސިއުލްތަކާއި އެ ބްރޭންޑްގެ ކްލެސިކް ރޭންޖްގެ ކޮފީ މެޝިންތައް ވެސް ލިބިގެންދާނެއެވެ. އެގޮތުން މިލްކް ކޮފީ ރޭންޖަށް ފެތޭ ދަ ބަރިސްތާ ކްރިއޭޝަން ކޮފީ ކެޕްސޫލް އަދި ނެސްޕްރެސޯ ކުކީޒް ތައާރަފުކޮށްފައިވެއެވެ. ނެސްޕްރެސޯގެ ތަފާތު 28 ރަހައެއްގެ ކޮފީ މި ޝޯރޫމުން ލިބޭނެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ޝޯރޫމްގެ ފަރާތުން މައުލޫމާތުދެމުން ހުސެއިން ސުހެއިލް ވިދާޅުވީ ޝޯރޫމް ހުޅުވުމާއި ދިމާކޮށް ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށާއި ވިއްކާ ހުރިހާ ކޮފީ މެޝިންތަކަށް އެއް އަހަރުގެ ވޮރެންޓީގެ އިތުރުން އަފްޓަރ ސޭލް ސަރވިސްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
މި ޝޯރޫމުގައި ކޮފީ ކެޕްސޫލު އުކާލުމަށް ހާއްސަ ރިސައިކަލް ބިންއެއް ވެސް ވަނީ ބަހައްޓައިފައެވެ.
ނެސްޕްރެސޯ އަކީ ސުވިޒަލޭންޑްގެ ނަން މަޝްހޫރު ކޮފީ ބްރޭންޑެކެވެ.