Advertisement
ކ. މާލެ
|
16 ޖޫން 2019 | އާދީއްތަ 17:06
ތިލަފުށި އަދި ގުޅީފަޅުގެ ސެޓެލައިޓް ފޮޓޯއެއް
ތިލަފުށި އަދި ގުޅީފަޅުގެ ސެޓެލައިޓް ފޮޓޯއެއް
ގޫގްލް މެޕްސް
ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން
ތިލަފުއްޓާއި ގުޅީފަޅުގައި ނުގަވައިދުން ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި
އުޅަނދާއި މުދާތައް ނެގުމަށް ތިރީސް ދުވަހުގެ މުހުލަތެއް ދީފައިވޭ
މުއްދަތު އިތުރުނުކޮށް ދޭނެ ކަމަށް ޖީއެމްއައިޒީއެލް އިން ބުނެފައިވޭ

ކ.ތިލަފުއްޓާއި ކ.ގުޅީފަޅުގެ ބިމާއި ފަޅު ތެރޭގައި ނުގަވައިދުން ބަހައްޓާފައި ހުރި ހުރިހާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި، އެހެނިހެން މުދާތައް ނެގުމަށް ޖްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑް (ޖީއެމްއައިޒީއެލް) އިން އަންގައިފިއެވެ.

އެ ކުންފުނިން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ހުއްދެނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި އެ ނޫން ވެސް މުދަލާއި ތަކެތީގެ ސަބަބުން އެ ކުންފުންޏަށާއި އެ ދެ ރަށުން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގުޅިގެން ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

ޖީއެމްއައިޒީއެލްް އިން ވަނީ އުޅަނދުތައް ނެގުމަށް 19 ޖޫން އިން ފެށިގެން 30 ދުވަހުގެ މުހުލަތެއް ދީފައެވެ. އެ ކުންފުނިން ބުނެފައިވަނީ ދީފައިވާ މުއްދަތުގެ ތެރޭގައި އެތަކެތި އެ ސަރަހައްދުތަކުން ނުނަގައިފިނަމަ، މުއްދަތު އިތުރުކުރުމަކާ ނުލާ އެތަކެތި އެތަންތަނުން ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

Advertisement

އެ ކުންފުނިން ބުނެފައިވަނީ ދީފައިވާ މުއްދަތު ފަހަނައަޅާ ގޮސްގެން ނައްތާލާ އުޅަނދުތަކާއި މުދަލުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ޒިންމާނުވާނެކަމަށެވެ.

މި ސަރުކާރުގެ ތަރައްގީގެ މެނިފެސްޓޯގައި ވަނީ މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ފާލަމަކުން ގުޅާލުމަށް ހިމަނާފައިވެއެވެ. އަދި މި މަޝްރޫއާ ބެހޭގޮތުން މާ ބޮޑެތި މައުލޫމާތުތަކެއް ލިބިފައި ނުވީ ނަމަވެސް، އެ ވިސްނުން ގެންގުޅޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ފަރާތްތަކުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
16 ޖޫން 2019 | އާދީއްތަ 19:08
.ތިލަފުއްޓާއި
ބަނގްލަދޭޝް އައިލަންޑް! ރުކެއް، ގަހެއް ނެތް ބޮޑު ފަޅެއް ވީރާނާ ކޮށްލީ