Advertisement
ކ. މާލެ
|
16 ޖޫން 2019 | އާދީއްތަ 11:18
އެކްސިޑެންޓެއްގައި ޑިވައިޑާތައް ހަލާކުވެފައި
އެކްސިޑެންޓެއްގައި ޑިވައިޑާތައް ހަލާކުވެފައި
ޕޮލިސް
ހައިވޭ އެކްސިޑެންޓް
ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕަކާއި ބަހެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓްވީ ޕިކަޕުގެ ކުރީ ދެ ފުރޮޅު ފަޅައިގެންގޮސް ކޮންޓްރޯލް ނުވެގެން
އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 02:14 ހާއިރު

ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ޕިކަޕަކާއި ބަހެއް ޖެހި އެކްސިޑެންޓެއް ހިނގާފިއެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ، ހުޅުމާލެ އިން މާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރީ ދެ ފުރޮޅު ފަޅައިގެންގޮސް ކޮންޓްރޯލް ނުވެގެން، ހައިވޭގެ މެދުގައި ޖަހާފައި ހުރި ފެންސް ފަޅާލާފައި ގޮސް، ހުޅުމާލެއިން ހުޅުލެއަށް ދަތުރުކުރަމުން ދިޔަ އެމްޓީސީސީގެ ބަހެއްގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 02:14 ހާއިރު ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

Advertisement

ފުލުހުން ބުނީ ޕިކަޕް ދުއްވަން އިން މީހާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށާއި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ، އެކްސިޑެންޓްވި ޕިކަޕްގެ ކުރީ ކޮޅަށާއި ބަހަށް ވެސް ކޮންމެ ވެސް ވަރަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް