Advertisement
ކ. މާލެ
|
16 ޖޫން 2019 | އާދީއްތަ 10:34
ޑރ. ފަރުޒާނާ
ޑރ. ފަރުޒާނާ
ފޭސްބުކް
ޑރ. ފަރުޒާނާ ނިޔާވުން
ޑރ. ފަރުޒާނާ ނިޔާވެއްޖެ
މިދިޔަ ރަމަޟާން މަހުގެ ފަހުކޮޅުން ފެށިގެން އޭނާ އޮންނެވީ ކޯމާގަ
ތެލަސީމިއާ ސެންޓަރުގެ ސީނިއާ ރަޖިސްޓްރާ އިން މެޑިސިންގެ މަގާމުގައި ފަރުޒާނާ ހުންނެވި

ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ. ފަރުޒާނާ ޚާތޫން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ރަމަޟާން މަހުގެ ފަހުކޮޅުން ފެށިގެން އޭނާ އޮންނެވީ ކޯމާއެއްގައެވެ. އަދި އޭނާ ނިޔަވެފައި ވަނީ އެކަމަށް ފަރުވާކުރަނިކޮށް، އިނގިރޭސިވިލާތުގައެވެ.

ޑރ. ފަރުޒާނާއަކީ، ރާއްޖޭގެ މަޝްހޫރު ކަރުންމަތީގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުންނެވެ. އަދި ޑރ. ވަހީދު ވެސް ވަނީ މީގެ 15 އަހަރު ކުރިން ނިޔާވެފައެވެ.

Advertisement

ޑރ. ފަރުޒާނާއަކީ މީގެ 10 ވަރަކަށް އަހަރު ކުރިން، މަގާމުން ރިޓަޔާ ކުރެއްވުމާ ހަމައަށް ތެލަސީމިއާ ސެންޓަރުގެ ސީނިއާ ރަޖިސްޓްރާ އިން މެޑިސިންގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި، ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 20 އަހަރު ވުމާ ގުޅިގެން 31 އޮކްޓޫބަރު 2002 ގައި އޭނާއަށް ވަނީ ޕެންޝަން ވެސް ލިބިވަޑައިގެންފައެވެ.

ޕާކިސްތާނަށް އުފަން ފަރުޒާނާ، އަދާކުރެއްވި މަގާމުން ރިޓަޔާ ކުރެއްވުމަށް ފަހު ވަނީ އޭނާގެ ދިރިއުޅުން އިނގިރޭސި ވިލާތަށް ބަދަލުކުރައްވާފައެވެ. ނަމަވެސް، މަދުމަދުން އޭނާ ރާއްޖެ ވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް