Advertisement
ކ. މާލެ
|
16 ޖޫން 2019 | އާދީއްތަ 11:06
ހައުސިން މިނިސްޓްރީން ބޭއްވި \"މަގޭ ހިޔާވަހި\" ޕޯޓަލްއަށް އަހުލުވެރިކުރުމުގެ ހަރަކާތުގެ ތެރެއިިން
ހައުސިން މިނިސްޓްރީން ބޭއްވި "މަގޭ ހިޔާވަހި" ޕޯޓަލްއަށް އަހުލުވެރިކުރުމުގެ ހަރަކާތުގެ ތެރެއިިން
މިނިސްޓްރީ އޮފް ހައުސިން
މަގޭ ހިޔާވަހި ޕޯޓަލް
ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
ހަރަކާތް ބާއްވަން ނިންމީ ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދު މަދުކަމުން
މިހާރު ޕޯޓަލުން އެއްވެސް ސްކީމެއް ފެންނަން ނެތަސް ވަރަށް އަވަހަށް ސްކީމްތައް އިއުލާން ކުރާނެ

ސަރުކާރުން ކުރިޔަށް އޮތްތަނުގައި ހިންގާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ، އެކަމަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ "މަގޭ ހިޔާވަހި" ޕޯޓަލުން އެކަނި ކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ބުނެފިއެވެ.

Advertisement

ބޯހިޔާވަހިކަމުގެ ޕޯޓަލްއަށް އަހުލުވެރިކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ހައުސިން މިނިސްޓްރީން ބޭއްވި ހަރަކާތެއްގައި މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ އެ ޕޯޓަލް މެދުވެރިކޮށް ވަރަށް ލުއިފަސޭހަކަމާ އެކު ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. ޝާމިން ވިދާޅުވީ އަހުލުވެރިކުރުމުގެ މަސައްކަތް ފަށަން ނިންމީ ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދު މަދުކަމުން ކަމަށެވެ.

މިއަދާ ހަމައަށް އައި އިރުގައި އަޅުގަނޑުމެންނަށް ފެންނަނީ އެ ޕޯޓަލްގައި ރަޖިސްޓްރީވާ މީހުންގެ އަދަދު އަދި އެހާ ރަނގަޅެއް ނޫން. އަޅުގަނޑުމެން މިއަދު ބަލާލިއިރުގައި 1929 ބޭފުޅުން އަދި މިހާތަނަށް ރަޖިސްޓްރީ ވެފައި ތިބީ. އަޅުގަނޑުމެން މިއަދު މި މަސައްކަތް ކުރަނީ އެވެއަރނަސް ކްރިއޭޓް ކުރަން، ލީފްލެޓްގެ ޒަރިއްޔާއިން މި މައުލޫމާތު ފޯރުކޮށްދެނީ ވީހާ ވެސް ގިނަ ބަޔަކު މި ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް،"
ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން

މި ވަގުތު އަދި އެއްވެސް ސްކީމެއް ފެންނަން ނެތް ކަމުގައިވީ ނަމަވެސް، ވަރަށް އަވަހަށް ސްކީމްތައް އިއުލާންކުރާނެ ކަމަށް ޝާމިން ވިދާޅުވިއެވެ. އެހެންކަމުން އެންމެ ފަހު ވަގުތަށް މަޑުނުކޮށް ވީހާ ވެސް އަވަހަކަށް ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ޝާމިން ބާރުއެޅުއްވިއެވެ.

މާލޭގައި ހުންނަ ރައިވެރިބޭ މައިޒާން ސަރަހައްދުގައި ބޭއްވި ހަރަކާތުގައި ވަނީ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ޕޯޓަލްގައި ރަޖިސްޓްރީ ކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދީ، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ޙުލާސާއެއް ހިމަނާފައިވާ ލުއިފޮތެއް ވެސް ބަހާފައި ވެއެވެ.

"މަގޭ ހިޔާވަހި" ޕޯޓަލްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ފްލެޓަށް އެދެން ކިއުގައި ޖެހެން ނުޖެހޭނެ ނިޒާމެއް ގާއިމްކުރުން" ވައުދު ފުއްދުމުގެ ގޮތުން ގާއިމްކުރި ޕޯޓަލްއެކެވެ. އެ ނިޒާމް ގާއިމްކޮށް ފްލެޓަށް އެދުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލީ 11 ފެބްރުއަރީ 2019 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ޖޫން 2019 | ހުކުރު 12:20
ޛާހީނާ
ތިޔަބުނާ ޕޯޓަލް އަށް ވަދެވޭގޮތްވެސް ބުނެދޭނަމަ ވަރަށް ރަނގަޅު
19 ޖޫން 2019 | ބުދަ 18:05
ކޮންމެވެސް މީހެއް
ޕޯޓަލްގެ ވާހަކަ އެވަރަށް ދައްކާފައި އެ ލިންކު މި އާޓިކަލްގައި ނެތީމަ ވަރައްވެސް ދެރަ